އުތުރު ކޮރެއާއިން ބުނަނީ މިހާރު އަރާމުގައި ނިދެވޭ ވަރުގެ ރައްކާތެރި ކަމެއް ހޯދިފައިވާ ކަމަށެވެ. ޕިޔޮންގޔަންގއިން ބުނަނީ މިހާރު އެގައުމުގައި އެމެރިކާގެ މުޅި ސަރަހައްދަށް ބޮން އަޅާލެވޭ ވަރުގެ އައު މިސައިލުގެ ނިޒާމެއް ފައްކާކޮށް ތައްޔާރު ކޮށްފައި ވާނެ ކަމަށެވެ. އީރާއި އެހެން ގައުމުތަކަށް ފަސޭހައިން ބޮން އެޅިއަސް އުތުރު ކޮރެއާއާ ބެހެން ނުކެރެނީ އުތުރު ކޮރެއާއިން ދިފާއީ ފިޔަވަޅުތަކަށް އިސްކަމެއް ދީ ދިފާއީ ރޮނގުން ސިޔާދަތު ވަރުގަދަ ކޮށްފައިވާތީއެވެ.
އަލަށް ދައްކާލާފައިވާ އެމެރިކާއަށް ފޯރާ ވަރުގެ ހަތިޔާރަކީ އުތުރު ކޮރެއާގެ ހަތިޔާރުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ތަރައްގީއެކެވެ.
މި މިސައިލަކީ އެމެރިކާގެ މައި ފަސްގަނޑުގެ ސަރަހައްދަކަށްވެސް ފަސޭހަކަމާއެކު ވާސިލުވުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއްކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. މިއީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއްގެ ތަރައްގީ ކޮށްފައިވާ ވައްތަރެކެވެ.






