ފަލަސްތީނުގެ ފުޓްބޯޅަ އެކަޑަމީގެ ޖޫނިއާ ކުޅުންތެރިން ޔަހޫދީންގެ ހޮލޮކޯސްޓްގައި ޝަހީދުކޮށްފިއެވެ. ޔަހޫދީންގެ ހޮލޮކޯސްޓް ފެށި ފަހުން އެ އެކަޑަމީގެ ޒުވާނުންގެ ތެރޭން ޝަހީދުވި މީހުންގެ އަދަދު މިހާެރު ވަނީ ދިހައަށް އަރައިފަ އެވެ.
ޔަހޫދީންގެ ހޮލޮކޯސްޓްގައި ޣައްޒާގެ ޕްރޮފެޝަނަލް ފުޓްބޯޅަ އެކަޑަމީގެ 10 ކުޅުންތެރިން ޝަހީދު ކޮށް އެކަޑަމީގެ އިމާރާތްވެސް ހަލާކު ކޮށްފައި ވެއެވެ. ޣައްޒާގެ ޕްރޮފެޝަނަލް ފުޓްބޯޅަ އެކަޑަމީއިން ވަނީ އެ އެކަޑަމީގެ ދިހަ ކުޅުންތެރިންގެ ގްރޫޕް ފޮޓޯއެއް އާންމުކޮށްފަ އެވެ.