ބާސެލޯނާގައި މުޒާހަރާއަށް ގާޑިއޯލާ ގޮވާލައިފި

ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޔަހޫދީ ހޮލޮކޯސްޓް ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރުމަށް ބާސެލޯނާގެ ރައްޔިތުންނަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފިއެވެ.

"އަހަރެމެންނަށް މި ފެންނަނީ ލައިވް ކޮށް ނަސްލު ނައްތާލުމުގެ ހާދިސާއެއް ހިންގާ ތަން،" ގާޑިއޯލާ އާންމު ކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ. އެތައް ހާސް ކުޑަކުދިންނެއް ޝާހީދު ކޮށްފައިޥާ ކަމަށާއި ޔަހޫދީ ޒަޔަނިސްޓުން ޣައްޒާ ފަނާ ކޮށްފައިވާ ކަމަށާއި ގައްޒާގައި ގިނަ އަދަދެއްގެ ބަޔަކަށް ކާނާއާއި، ސާފު ފެނާއި ބޭސް ހޯދުމަށް ދަތިވެފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ދުނިޔެ ހިމޭނުން އޮތް ކަމަށް ބުނެ އެކަމަށްވެސް އޭނާ ވަނީ ފާޑު ކިޔާފައެވެ.

ޔަހޫދީންގެ ސަރުކާރު މީޑިއާއިން ވަނީ ހޮނިހިރު ދުވަހު ބާޝެލޯނާގައި ބޭއްވުމަށް ގާޑިއޯލާ ގޮވާލި މުޒާހަރާގެ މެސެޖުގައި، ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުންގެ ވާހަކަ ބުނެފައި ނުވާތީ އެކަމަށް ފާޑު ކިޔާފައެވެ.

ހިއްސާ ކުރައްވާ!