ޓްރަމްޕާ ހެދި ކޮފީގެ އަގު ބޮޑުވެއްޖެ

ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ކޮފީ އުފައްދާ ޤައުމު ކަމަށްވާ ކޮލަމްބިއާ އާ އެމެރިކާއާ ދެމެދު ހިނގަމުންދާ ސިޔާސީ ދެބަސްްވުމުގެ ސަބަބުން ކޮފީގެ އަގު ބޮޑުވެއްޖެއެވެ. އަރަބިކާ ކޮފީގެ އަގު ވަނީ 3 ޕަސެންޓާ ގާތް ކުރާ އަދަދަކަށް މަތިވެފައވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ކޮލަމްބިއާގެ މުދަލަށް ނަފާ ޓެރިފް ބޮޑުކޮށް، އެމެރިކާގެ އެހީ މުޅިން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްޠީނަށް ކޮލޮމްބިއާގެ ރައީސް ތާއީދު ކުރުމުން ޓްރަމްޕް ދޭން ފެށި ބަހުގެ ހަމަލަތަކާއެކު  ކޮލަމްބިއާއިން ވަނީ ވޮޝިންގޓަންގައި ހުންނަ އެ ޤައުމުގެ ސަފީރު އަނބުރާ ގެންގޮސްފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ކޮފީ ބޭނުންކުރާ އެމެރިކާއިން، ވަނީ ކޮލަމްބިއާ އިން އެތެރެކުރާ މުދަލަށް  10 އިންސައްތައިގެ ގެ ޓެރިފެއް ނަގަން ފަށާފައެވެ. އެމެރިކާއަށް ބޭނުންވާ ކޮފީގެ ފަސް ބައިކުޅަ އެއްބައި ލިބެނީ ކޮލަމްބިއާއިންނެވެ. އަދި އެމެރިކާއަށް 3 ބައިކުޅަ އެއްބައި ކޮފީ އެތެރެ ކުރަނީ ބްރެޒީލުންނެވެެ.

އެމރިކާ ރައީސް ވަނީ ބްރަޒިލްގެ ރައިސާ ޒުވާބު ކުރުމަށްފަހު ބްރަޒިލްއިން އެތެރެ ކުރާ ކޮފީއަށް 50 ޕަސެންޓްގެ ޓެރިފްއެއް ނަގަން ފަށާފައެވެ.

ހިއްސާ ކުރައްވާ!