ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރަަައްވައިފި

ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައިދު އާސިމް މުނީރުއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ޕާކިސްތާނާއި އޮންނަ އަޚުވަންތަ ގުޅުމަށް އެ ޤައުމުން ވަރަށް ބޮޑު އިސްކަމަކާއި އަހަންމިއްޔަތެއް ދެެއްވާކަން ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތާވެސް ދެ ޤައުމުގެ ފައިދާއަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ވަޢުދު އައުކުރައްވާ އެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ކުރިއެރުވުމުގައި ޕާކިސްތާނުން އަދާކުރާ ބިނާކުރަނިވި ދައުރު ފާހަގަކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!