ނިއުޔޯކު ޓައިމްސްއަށް ލިޔަން 300 ލިޔުންތެރިން ދެކޮޅު ހަދައިފި

ދުނިޔެ ފަސާދަ ކުރާ ޔަހޫދީންނާއި އެމީހުންނަށް ވާގި ވެރިވާ މީހުންގެ ހަގީގަތް ދުނިޔެއަށް ދަނީ ސާބިތު ވމުންނެވެ. ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޖަރީމާގައި ނިއުޔޯކް ޓައިމްސް ޔަހޫދީންގެ ސަޕޯޓުގައި އިސް ދައުރެއް އަދާކޮށްފައިވާތީ އެންމެ މޮޅެތި ލިޔުންތެރިންގެ، 300 އަށް ވުރެ ގިނަ ލިޔުންތެރިންނާއި ދިރާސާކުރާ ފަރާތްތަކުންނައި އާންމު ޝަޚްޞިއްޔަތުން ވަނީ އެ ނޫހުގައި ނުލިޔާން ނިންމާފައެވެ. އެފަރާތްތަކުން ވަނި އެކަން އެ ނޫހަށް އަންގާފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ، މި ޖަރީމާތަކުގައި ބައިވެރިވާ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ހުޅަނގުގެ ގައުމުތަކުން އަދާކުރަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޖެނޮސައިޑް ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ފެށުމަށް އެފަރާތްތަކުން ބަސް ބުނުމަކީ ފުދޭނެ ކަމަށް މި ބައިވެރިން ދެކެއެވެ. ނަމަވެސް، އެމީހުން ފާހަގަކުރާ ގޮތުގައި، އެމެރިކާ ވަނީ މިދިޔަ ދެ އަހަރު ދުވަހު އިސްރާއީލުގެ ހަނގުރާމައިގެ މައި ބައިވެރިއެއްގެ ގޮތުގައި ޖެނޮސަިއޑަށް މަސައްކަތްކޮށް، ނަސްލު ނައްތާލުމުގެ ޖަރީމާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދީފައެވެ.

މި ޤަތުލުއާންމު ކުރިއަށް ގެންދިއުމުގައި އެމެރިކާގެ މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށް މި ފަރާތްތަކުން ބުނެއެވެ. އަދި އެމެރިކާގެ އެންމެ ނުފޫޒު ގަދަ މީޑިއާ މުއައްސަސާއަކީ ނިއުޔޯކް ޓައިމްސް ކަމަށް ވެސް ފާހަގަކުރެއެވެ. ހުޅަނގުގެ ނިއުސްރޫމްތަކުގެ އެޑިޓަރުންނާއި ޕްރޮޑިއުސަރުން އެ ނޫހުގެ ކަވަރޭޖުން މައުލުމާތު ލިބިގަންނަ ކަމަށާއި، އެ ނޫހަކީ އެމެރިކާގެ ބޭރުގެ ސިޔާސަތާ ގުޅޭ ސިޔާސީ ރައުޔު ބައްޓަންކުރުމުގައި ޚާއްސަ ނޫހެއް ކަމަށާއި، އެމެރިކާގެ ރަސްމީ ނޫހެއްގެ ގޮތުގައި އެނޫސް ބެލެވޭ ކަމަށްވެސް އެމީހުން ބުނެއެވެ. އިސްރާއީލަށް 500 ރާތަލުގެ ބޮން ފޮނުވުމަށް ވޯޓުދޭ ސިޔާސީ ލީޑަރުން އެމީހުންނަށް އާންމުން ފޮނުވާ ދެކޮޅު ހަދާ އީމެއިލްތައް ކިޔުމުގެ ބަދަލުގައި ކިޔައި އުޅެނީ ޓައިމްސް ކަމަށްވެސް އެމީހުން ބުނެއެވެ.

މި ފަރާތްތަކުން ބުނާ ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ނިއުޔޯކް ޓައިމްސްއަކީ ބައި އެޅުނު ފަރާތެކެވެ. އެ ނޫހުގެ ކަވަރޭޖާއި، އެޑިޓޯރިއަލް މިންގަނޑުތަކާއި، ވަޒީފާއަށް މީހުން ނެގުމުގެ އުސޫލުތަކުގައި، އިސްރާއީލާ ގުޅުން ބަދަހިކޮށް، އިސްރާއީލުގެ އޮފިޝަލުންގެ ދޮގު ބުހުތަން ވާހަކަތައް ތަކުރާރުކޮށް ޝާއިޢު ކުރަމުން ގޮސްފައިވާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި އިސްރާއީލުގެ ކޮންސިއުލޭޓާއި އިސްރާއީލަށް ތާއީދުކުރާ ލޮބީ ގްރޫޕްތަކުގެ އެދުމަށް އެ ނޫހުން ހަގީގަތް ފޮރުވައި ކަވަރޭޖު އޮޅުވާލައި ނުވަތަ ބަދަލުކޮށްފައިވާ ކަމަށްވެސް ލިޔުންތެރިން ބުނެއެވެ.

އަދި އިސްރާއީލުގެ ޖަރީމާތައް  ދުނިޔެއަށް ބޭޒާރުކޮށް ކިޔައިދިނުމުގައި “ޤަތުލުއާންމު” ނުވަތަ “ނަސްލު ސާފުކުރުން” ފަދަ ހަގީގީ ލަފުޒުތައް ބޭނުންކުރުމުން ދުރުހެލިވުމަށް އެ ނޫހުން ވަނީ އެ ނޫހުގެ ނޫސްވެރިންނަށް އިރުޝާދު ދީފައި ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.. އަދި އިސްރާއީލުގެ އިސްވެރިންނާއި އެޑިޓަރުންނާއި ނޫސްވެރިން ވަނީ އިސްރާއީލުގެ އިސްތިޢުމާރާއި އެމެރިކާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ލޮބީ ގްރޫޕްތަކާ އެކު ގުޅުން ބަދަހިކޮށްފައެވެ. މިކަމާ ގުޅިގެން، ނޫހުގެ ޢަރަބި އަދި މުސްލިމު މުވައްޒަފުންނަށް ނަސްލީ ގޮތުން ތަފާތުކޮށް ދެކޮޅުވެރި އަމަލުތައް އަމާޒުކޮށްފައިވާ ކަމަށްވެސް އެމީހުން ބުނެއެވެ.

ސޮއިކޮށްފައވާ ފަރާތްތައް މިލިންކުގައި:

https://www.boycottdivestunsubscribe.com/opinion-boycott

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް