ދިމިޝްގު އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ތުރުކީގެ ކުންފުނިތަކުންނެވެ. މިއީ ހަތަރު ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ތުރުކީގެ މައި ކޮންސްޓްރަކްޝަން ކުންފުނި ކަލިއޮން އިންސާޓް އާއި ސެންގިޒް އިންސާތު އިން ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އިތުރު ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމެއްގެ ގޮތުގައެވެ.
މި ޕްރޮޖެކްޓްގެ އަމާޒަކީ ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީކޮށް ބޮޑު ކުރުމެވެ.
ހަތަރު ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ސަބަބުން އަހަރަކު 31 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީއަށް އެއާޕޯޓް ބޮޑު ކުރެވޭނެއެވެ. އަދި މިކަމުން، 90،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ.







