ޖަޕާނު މުސްލިމުންނަށް ސަހަރާއެއް ހެދުމަށް ހުއްދަ ނުދީގެން އުޅެނީ

ޖަޕާނުގެ މުސްލިމު އާބާދީ މިހާރު 4 ލައްކައާ ކައިރި ކުރެއެވެ. ޖަޕާނުގައި މުސްލިމުންގެ އިންސާނީ ހައްގަށް ސަރުކާރުން ފަރުވާލެއް ނުބައްހައްޓާ މައްސަލައަކީ ބޮޑު ޝަކުވާ އެކެވެ. ޖަޕާނަކީ މައްޔިތުންނާ މެދު މުސްލިމުން އަމަލު ކުރާ ބީދައިން އިހުތިރާމާއެކު އަމަލު ކުރާ މުޖުތަމައެއް ނޫނެވެ. އެގައުމުގައި 90 ޕަސެންޓަށް ވުރެން ގިނަ މައްޔިތުން ޝިންޓޯ ބުދު  ސަގާފަތާ އެއްގޮތަށް އަންދާލައި އަޅިއަށް ހަދާ ލެވެއެވެ. މުސްލިމުން ދަނީ އެމީހުންގެ މައްޔިތުން ވަޅުލުމަށް ގަބުރުސްތާނަކަށް އެދެމުންނެވެ.

ޖަޕާނުގައި މީހުން ހުރިގޮތަށް ވަޅުލުމަށް ޚާއްސަކޮށްފައިވާ 10 ގަބުރުސްތާނެއް އޮވެއެވެ. އެއީ މުސްލިމުންނާއި ނަސާރާއިންނާއި ޖަޕާނުގެ ހެޔޮވިސްނޭ އަންދާލަން ބޭނުން ނުވާ މީހުން ވަޅުލާން ހުއްދަ އޮންނަ ތަންތަނެވެ.

މިއިން ގިނަ ގަބުރުސްތާންތައް ހުންނަނީ ޓޯކިޔޯގެ ވަށައިގެންވާ ކަންޓޯ ސަރަހައްދުގައެވެ. ސައިޓާމާގައި ހުންނަ ހޮންޖޯ ކޮޑާމާ ސަހަރާ އަކީ މުސްލިމުން ވަޅުލާ ތަނެކެވެ.

ޖަޕާނުގައި މުސްލިމުންނަށް ސަހަރާއެއް ހަމަޖައްސައި ދިނުމަށް ބަހުސްކުރުމުން ޕާލަމެންޓްގެ މަތީގޭގައި ކުރި ބަހުސްތަކުގައި ކޮންޒަރވެޓިވް ޕާޓީގެ މިޒޫހޫ އުމެމޫރާ ވަނީ މުސްލިމުންވެސް އެމީހުންގެ މައްޔިތުން އެހެން މީހުންނެކޭ އެއްގޮތަށް އަންދަން ޖެހޭނެ ކަމަށް ބުނެ ގަބުރުސްތާނު ހެދުމާ ދެކޮޅު ހަދާފައެވެ.

ޖަޕާނުގެ ބައެއް ޕްރިފެކްޗާތަކުގައިވެސް ގަބުރުސްތާން ހެދުމަށް ހުއްދައަށް އެދުމުން ފެން ފަށަލަ ތަޣައްޔަރު ވެދާނެ ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައި ވެއެވެ. ނަމަވެސް ތަހުލީލުތަކުން އެފަދަ ކަމެއް ނުދައްކައެވެ.

 

 

ހިއްސާ ކުރައްވާ!