ޔަހޫދީންނަށް ބޭރެއް ނުވެވޭ! އެތެރެއެއްވެސް ނުވެވޭ! ބަންދުވެފައި!

އިސްރާއީލުގެ މައި އެއާޕޯޓުން ފުރަން ދިޔަ ފަސިންޖަރުން ބޯޓަށް އެރުވުމަށް ހުރަސްއެޅުމުން ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެއެވެ. އިސްރާއީލުގެ ގިނަ މީހުން ބޭނުން ވަނީ ޖެނޮސައިޑް ނިޒާމުން ބޭރުވާށެވެ. ނަމަވެސް ދަތުރުފަތުރުތައް މަދުވުމާއި އަދި މީހުން ގިނަ އަދަދަކަށް ބޭރުވުމުން ސިފައިންގެ އަދަދު މަދުވެ ގައުމަށް ހުތުރު ނަން ލިބިދާނެތީ މީހުން ބޭރުވުން ވަނީ ކޮންޓްރޯލު ކޮށްފައެވެ.

ޔަހޫދީންގެ މައި ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފްލައިޓްތަކުގައި ފަސިންޖަރުން އުފުލޭނެ ވަކި އަދަދެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ފަސިންޖަރުން ހަމަނުޖެހުން އުފައްދައި މާރާމާރީ ހިންގުމުން، ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް ޗެކް އިން ކައުންޓަރުތަކަށް ފުލުހުން ވަނީ ގެނަސްފައެވެ.

މި "ހަމަނުޖެހުން" ހިނގާން މެދުވެރިވީ، އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓްރީން އެއާލައިންތަކަށް އަންގާފައިވާ އެންގުމަކާ ގުޅިގެންނެވެ. އޭގައި ވަނީ "ސިވިލް އެވިއޭޝަން އޮތޯރިޓީ އާއި ޑިފެންސް އެސްޓަބްލިޝްމަންޓްގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފުރާ އެއްވެސް ފްލައިޓެއްގައި 100 އަށްވުރެ ގިނަ ފަސިންޖަރުން އުފުލުމަކީ އެއާލައިންތަކަށް ހުއްދަ އޮތް ކަމެއް ނޫން" ކަމަށެވެ.

ހިއްސާ ކުރައްވާ!