ނިކަން ޚިޔާލަށް ގެނަސް ބަލާށެވެ! ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އެގައުމުގައި ހުރި ޔަހޫދީ އިސްތިއުމާރީ އަސްކަރީ މަރުކަޒުތަކަށް ކަމަށްވާ އުރީމް، ރާމާތު ޑޭވިޑް، ޕަލްމާހިމް، ހަތުސާރީމް، ރާމޯން… ފަދަ ތަންތަނަށް އީރާނުން ދޭ ހަމަލާތައް ވީޑިއޯކޮށް ޑޮކިއުމަންޓް ކުރުމުން، އިސްތިއުމާރީ ބާރުތަކުން އެމީހުން ވަގަށް ނަގައި، ޖާސޫސްކުރުމާއި ޚިޔާނާތުގެ ތުހުމަތުގައި ޖަލަށްލަނީ އެވެ!

އަދި ޚިޔާލަށް ގެނަސް ބަލާށެވެ!
އެ ފަލަސްތީނު މީހާ ހައްޔަރުކުރާ ފުލުހަކީ އިޓަލީގެ ރޯމުން އައި ގަދަބާރުން ބިން ފޭރިގަނެ ވަޒަންވެރިކޮށްފައިވާ މީހެކެވެ.
އޭނާއަށް އަނިޔާކުރާ ޖައްލާދަކީ އަލްބޭނިއާއިން އައިސް ފޭރިގަނެފައިވާ ބިމެއްގައި އާބާދުވެފައިވާ ޔަހޫދީއެކެވެ.
އަދި އޭނާއާ ސުވާލުކުރާ ގާޒީއަކީ ޔުކްރެއިން އައިސް ވަޒަންވެރިވެފައިވާ ޔަހޫދީއެކެވެ.
މިއިން އެކަކީވެސް އެމީހުންނަކީ އަސްލު ޔަހޫދީއެއް ކަން ކަށަވރު ނުވާ ނަސްލާއި ހަސަބު ޔަގީން ނުވާ ނަހަލާލު ބައެކެވެ.
ކޮންމެ މީހަކުވެސް ނިސްބަތް ކޮށްފައި ވަނީ ބަފާއަކަށް ނޫނެވެ. ނިސްބަތް ކޮށްފައި ވަނީ ބަނޑު އަޅައި ވިހޭ އަމާ އަށެވެ!
މާނައަކީ، ބިމުގެ އަސްލު ވެރިން ޖަލަށްލައި، އަނިޔާކޮށް، އެމީހުންގެ އަބުރު ކަތިލަނީ ބޭރުން އައިސް ވަޒަންވެރިކަން ދީފައިވާ ހުދު ނަސްލުގެ ބިދޭސީންގެ ބައެކެވެ.
މިހާރު ބަހުރައިންގެ މަންޒަރުވެސް މިއަކާ ތަފާތެއް ނޫނެވެ.
ބަހްރޭނުގެ ޝަރަފުވެރި ދަރިން ވަގަށް ނަގައި، އެމީހުންނަށް އަނިޔާކޮށް، އަބުރު ކަތިލަނީ "ރައްޔިތުކަން ދީފައިވާ ބިދޭސި ބައެކެވެ."
އެއީ އީރާނުން ދޭ ހަމަލަތައް ހަމައެކަނި "ވީޑިއޯ ކުރުމުގެ" ސަބަބުން އެމީހުންނަށް ދިމާވާ ކަންކަމެވެ.
މިއީ ހިނި އަންނަ ފަދަ ހިތާމަވެރި ކަމެކެވެ. އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޖީޕީއެސްގެ "ލޮކޭޝަން ކޯޑިނޭޓްސް ފޮނުވުން" ހިމެނެއެވެ!
ބަހްރޭނުގެ ބިމުގެ ދެބައިކުޅަ އެއްބައި ހިސާރުކޮށް ފައި ވަނީ އަރަބި ގައުމަކުންނެއް ނޫނެވެ. އެއީ މި ސަރަހައްދަށް މާދުރުން އައިސް އަތްގަދަ ކޮށްފައިވާ ބާރެކެވެ. އެމެރިކާގެ ފަސްވަނަ ފްލީޓުގެ މަނަވަރުތަކުގެ އަސްކަރީ މަރުކަޒު ހަދާފައި ވަނީ މިތަނުގައެވެ. މިއީ އަރަބި ފަސްގަނޑެއްގައި ވެރިކަްނ ދަމަހައްޓަން ބޭނުންވި ބަޔަކު އެމެރިކާއިން ހިމާޔަތް ހޯދުމެވެ.
މިމީހުންނަކީ ތިބާއާއި އަހުރެންނާ ވެސް ގުޅޭ ބައެކެވެ. ތިބާ ބޭނުން ކުރަނީ ދިރާގު ސިމެއް ނަމަ އެކުންފުނީގެ ހިއްސާ ދާރާކީ ބަހުރައިން އެވެ. ބަޓެލްކޯ ކުންފުންޏެވެ.
މިއީ ފާޅުގައި އިސްރާއީލުގެ ޖާސޫސީ އިރާދާ ތިމަންމެންގެ ސަމާލަތަށް ގެނަސް އޮޕަރޭޓް ކުރަން ހުއްދަ ދިންކަމަށް ފާޅުގައި ބުނެ އެކަން އިއުލާން ކުރި ގައުމެވެ.
ބަހުރައިންގެ މީހުންގެ ކުށަކީ ފަލަސްތީނުގެ މީހުންނަށް ހަމްދަރްދީ ވުމެވެ. ސަހުޔޫނީންނާ ދެކޮޅު ވުމެވެ. ވެރިކަން ކުރާ ޚަލީފާއިންނާ ދެކޮޅު ވުމެވެ. ބަހުރައިންގެ ރައްޔިތުންނަކީ އެތައް އަހަރެއް ވަންދެން ޣައްޒާގެ ހިތާމައިގައި ސާބިތުކަންމަތީގައި ދެމިތިބި ބައެކެވެ. ޣައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް މެދުނުކެނޑި މުޒާހަރާ ކުރަމުންދާ ޚަލީޖުގެ ހަމައެކަނި ރައްޔިތުންނަކީ އޮމާންގެ ރައްޔިތުންނާއި ބަހްރޭނު ރައްޔިތުންނެވެ!
މިމީހުންނާ ދެކޮޅަށް ޒަހުޔޫނީންނަށް ވާގިވެރިވާ ދައުލަތުން ދަނީ ބޭރުން ގެނަސް ވަޒަންވެރިކޮށްފައިވާ މީހުންނެވެ. އިސްރާއީލުގެ އަމަލާ ތަފާތެއް ނެތެވެ.







