ޔަހޫދީންނާ ސޮލީބީން އީރާންގެ ޑްރޯންތައް ކޮޕީކޮށްގެން އަރަބި ގައުމުތަކަށް ހަމަލަދެނީ އީރާން ބަދުނާމު ކުރަން

ސޮލީބީ އެމެރިކާ ސިފައިން އީރާނުގެ "ޝަހީދު" ޑްރޯން ކޮޕީކޮށްގެން ނަކަލުތައް އުފައްދަމުންދާ ކަމަށާއި، އަދި އެ ޑްރޯންތައް ބޭނުންކޮށްގެން ސަރަހައްދީ ގައުމުތަކަށް ހަމަލާދިނުމަށް ބޭނުން ކުރަނީ ފިތުނަ އުފައްދައި އީރާނު ބަދުނާމު ކުރުމަށް ކަމަށް އީރާނުގެ "ޚާތަމުލް އަންބިޔާ މަރުކަޒު" ގެ ތަރުޖަމާނު، ވިދާޅުވެއެވެ.

ޚާތަމުލްއަންބިޔާ މަޒުކަޒުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އީރާނުން ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އެ ގައުމުން ރަސްމީކޮށް އުފުލާނެ އެވެ. އީރާނުން އަމާޒުކުރަނީ ހަމައެކަނި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ އިގްތިސާދީ ޖާސޫސީ މަސްލަހަތުތަކަށް ވެސް ބުނެއެވެ.

ޚާތަމުލް އަންބިޔާ މަރުކަޒުން ބުނި ގޮތުގައި "ދުޝްމަނުންނަށް އަސްކަރީ އަދި ސިޔާސީ ގޮތުން ނާކާމިޔާބީއާ ކުރިމަތިވުމުން، އީރާނުގެ ޝަހީދު 136 ޑްރޯން ކޮޕީކޮށް، އެއަށް 'ލޫކަސް' ގެ ނަންދީ، ސަރަހައްދީ ގައުމުތަކުގެ ތަންތަނަށް ހަމަލާދެމުން ގެންދާ ކަމަށެވެ.

މީގެ ގާތްގަނޑަކަށް ނުވަ މަސް ކުރިން އެމެރިކާ ސިފައިން ވަނީ އީރާނުގެ "ޝަހީދު" ޑްރޯން ކޮޕީކޮށް "ލޫކަސް" ގެ ނަމުގައި ހަމަލާދޭ ޑްރޯނެއް އުފައްދާފައިވާކަން އިއުލާނުކޮށްފައެވެ. މިއީ އަމިއްލައަށް ގޮއްވައިގެން ހަލާކުވެގަންނަ ސުއިސައިޑް ޑްރޯނެކެވެ. މީގެ ޓެކްނޮލޮޖީ ނަގާފައިވަނީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާއިން ފުޅާދާއިރާއެއްގައި ބޭނުންކުރި އީރާނުގެ ޑްރޯންތަކުން ކަމަށް ވެއެވެ.

ޖުލައި 2025 ގައި މި ޑްރޯން ދައްކާލިތާ 8 މަސް ނުވަނީސް، އެމެރިކާއިން ފުރަތަމަ ފަހަރަށް މި ޑްރޯން ހަނގުރާމަވެރި އޮޕަރޭޝަނެއްގައިމާރިޗު މަހުގެ 3 ވަނަ ދުވަހު ބޭނުން ކުރިއެވެ.

"ޚާތަމުލް އަންބިޔާ މަރުކަޒު" ގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާ ސިފައިންގެ ބޭނުމަކީ އީރާނާއި އަވަށްޓެރިން ޖައްސައި ފިތުނަ އުފައްދައި ހަނގުރާމައިގެ ދާއިރާ ފުޅާ ކުރުމެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި "ރަހުމަތްތެރި އަދި އަވަށްޓެރި" ގައުމުތަކުގެ ތަންތަނަށް ދީފައިވާ ހަމަލާތަކަކީ، އެކަންކަން އީރާނުގެ ސިފައިންގެ ބޮލުގައި އެޅުވުމަށް ކުރި ނާކާމިޔާބު މަސައްކަތްތަކެއް ކަމަށްވެސް ޚާތަމުލްއަންމިޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!