އޮސްޓްރޭލިއާއިން ދިން ސިޔާސީ ހިމާޔަތުގެ ފުރުސަތު އީރާންގެ އަންހެން ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ބޮލާލައިޖަހައިފި

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އަންހެނުންގެ އޭޝިއަން ކަޕްގައި ވާދަކުރަމުންދާ އީރާންގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ގިނަ މެމްބަރުން، އޮސްޓްރޭލިއާއިން ދިން ސިޔާސީ ހިމާޔަތުގެ ފުރުސަތު ބޭނުން ނޫންކަމަށް ބުނެ ދޫކޮށްލުމަށްފަހު އެނބުރި ގައުމަށް ދިއުމަށް ނިންމައިފިއެވެ. މިއީ އެމެރިކާގެ އެދުމުގެ މަތިން އެ ކުޅުންތެރިންނަށް ސިޔާސީ ހިމާޔަތް ހޯދައިދިނުމަށް ކުރި ސޮލީބީ މަސައްކަތްތަކަކަށް ލިބުނު ނާކާމިޔާބީއެކެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާން ޓީމުގެ ތިން މެމްބަރަކު ރޭގެ ވަގުތެއްގައި އެނބުރި ގައުމަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެ ޓީމުގެ އެހެން މެމްބަރަކު ވަނީ އޮސްޓްރޭލިއާއިން ދިން ސިޔާސީ ހިމާޔަތް ބޭނުން ނުވާ ކަމަށް ބުނެފައި ކަމަށެވެ. މިހާރު އޮސްޓްރޭލިއާގައި މަޑުކުރަން ނިންމާފައިވަނީ އެންމެ ފުރަތަމަ ހިމާޔަތަށް އެދުނު 7 މެމްބަރުންގެ ތެރެއިން އެންމެ 3 މެމްބަރުންނެވެ.

މި މައްސަލަ ފެންމަތިވީ، މުބާރާތުގެ ތެރޭގައި އީރާންގެ ގައުމީ ސަލާމް ކިޔަން ބައެއް ކުޅުންތެރިން އިންކާރު ކުރުމާ ގުޅިގެން، އެ ކުޅުންތެރިންނަކީ ގައުމަށް ޣައްދާރުވެފައިވާ ބައެއްގެ ގޮތުގައި އީރާނުން ސިފަކުރުމާ ގުޅިގެންނެވެ. މިއާއެކު އޮސްޓްރޭލިއާ ސަރުކާރުން ވަނީ ޓްރަމްޕްގެ ބާރުއެޅުމާއެކު އެ ކުޅުންތެރިންނަށް ސިޔާސީ ހިމާޔަތުގެ ފުރުސަތު ހުޅުވާލާފައެވެ.

މިނިސްޓަރު ބާކް ވިދާޅުވި ގޮތުގައި، އެނބުރި ގައުމަށް ދިއުމަށް ނިންމި ކުޅުންތެރިންނަށް އެމީހުންގެ ނިންމުން ބަދަލުކުރުމަށް އޮސްޓްރޭލިއާއިން ބާރު އެޅި ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިން ވަނީ ޓީމުގެ އެހެން މެމްބަރުންނާއެކު އެނބުރި އީރާނަށް ދިއުމަށް އިޚުތިޔާރުކޮށްފައެވެ. "ކުޅުންތެރިން މި ނިންމުން ނިންމީ ވަރަށް ދަތި އުނދަގޫ ހާލަތެއްގެ ތެރޭގައި،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގައި ސޮލީބީ ހަނގުރާމަ ކުރިއަށްދާއިރު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ޓެރަރިސްޓް ހަމަލާތަކެއް ދެމުްނ ދަނިކޮށެވެ. މިއީވެސް ޓްރަމްޕަށް ލިބެމުންދާ ސިލްސިލާ ނާކާމިޔާބީގެ ތެރޭން ގުނާލެވޭނެ ކަމެކެވެ.

ހިއްސާ ކުރައްވާ!