އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެތައް ސަތޭކަ ސިފައިންނެއް ނިދާނެ ތަނެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި މި ހާދިސާއަކީ ހަނގުރާމައާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އަދި މަނަވަރު ދުއްވުމަށް ބޭނުންކުރާ ނިޒާމަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މަނަވަރުގެ މައި ލޯންޑްރީ ސަރަހައްދުގައި ރޯވި މި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް 30 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެތައް ބަޔަކަށް ފަރުވާ ދޭން ޖެހުނު އިރު، 600 އަށްވުރެ ގިނަ ސިފައިންގެ ނިދާ އެނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ސިފައިން މިހާރު ނިދަމުން ދަނީ މަނަވަރުގެ ތަށްޓު މާތީގައާއި މޭޒުތަކުގެ މަތީގައެވެ.

4,500 އަށްވުރެ ގިނަ ސިފައިންނާއި ޕައިލެޓުންނާއެކު މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ މި މަނަވަރަކީ 13 ބިލިއަން ޑޮލަރުގެ އަގުބޮޑު މަނަވަރެކެވެ. ނަމަވެސް 2017 ވަނަ އަހަރު ބޭނުންކުރަން ފެށީއްސުރެ މި މަނަވަރަށް އެކި ކަހަލަ ފަންނީ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި މަނަވަރުގެ ނަޖިސް ބޭރުކުރާ ނިޒާމު ބްލޮކްވުމުގެ ފަޅުވެރިން އުޅެން ޖެހެނީ ޖަނިސްތަކުގައި ފަތަފަތައެވެ. މި ނިޒާމު ސާފުކުރުމަށް އެކަނިވެސް ކޮންމެ ފަހަރަކު 4 ލައްކަ ޑޮލަރު ހޭދަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މަނަވަރު މެދުއިރުމައްޗަށް ފޮނުވާފައިވަނީ އިސްރާއީލާއި އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެންނެވެ. މަނަވަރުގެ މި މިޝަން މޭ މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވުނެވެ. މިއީ މި މަނަވަރު ކަނޑުމަތީގައި ހޭދަކުރާ 10 ވަނަ މަހެވެ. އާންމުގޮތެއްގައި އެމެރިކާގެ މަނަވަރުތައް ހަ މަސް ދުވަހު ކަނޑުމަތީގައި އުޅުމަށްފަހު މަރާމާތަށް ބަނދަރުކުރެއެވެ.
އެންޕީއާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން މި މަނަވަރަށް ދިމާވި އެކި މައްސަލަތަކާ ގުޅިގެން 42 ފަހަރަކު ބޭރުގެ އެހީތެރިކަމަށް އެދިފައިވެއެވެ. މިފަހަރުގެ އަލިފާނުގެ ހާދިސާއާއެކު، މަނަވަރުގައި ތިބި ސިފައިންނަށް އަންނައުނު ދޮވުމާއި ނިދުމުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.





