ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައުސުލްޚައިމާ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި ބިދޭސީން އެ ސިޓީ ދޫކޮށް ދިއުމަށް އީރާނުން ކުއްލި އިންޒާރެއް ދީފިއެވެ.
އީރާނުން ހާމަކޮށްފައިވާ ގޮތުގައި، ރައުސުލްޚައިމާ ސިޓީއަކީ އީރާނުގެ ރަށްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރެވެމުންދާ ތަނެކެވެ. އެހެންކަމުން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސިޓީއަކީ އީރާނުން ދިފާއީ ހަމަލާދޭނެ އަމާޒަކަށް ވެދާނެ ކަމަށް ބުނެ، ކަނޑައެޅިފައިވާ މަގުތަކުން ވީހާވެސް އަވަހަކަށް ސިޓީ ދޫކޮށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

"އީރާނުގެ ރަށްތަކަށް އަމާޒުކޮށް ދޭ އެއްވެސް ހަމަލާއެއްގެ ފެށޭ ތަނަކީ ރައުސުލްޚައިމާ ކަމަށްވާނަމަ، އެ ސިޓީއަށް ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު މިވަނީ ދީފައެވެ." އީރާނުން ބުނެއެވެ.
ޔޫއޭއިއާއި ބަހުރައިން އަކީ އީރާނަށް ނިޒާމީ ސިފައެއްގައި ދޭ ޓެރަރިސްޓް ހަމަލަތައް އަންނަ ދެ ގައުމެވެ.





