ޔޫއޭއީގެ ރައީސްގެ އެޑްވައިޒަރަށް މީހުން މަލާމާތް ކުރަނީ ކީއްވެ؟

ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް، އަށް އަރަބިންނާއި މުސްލިމުންގެ މަލާމާތް ރައްދުވާން ފަށައިފިއެވެ. ޔޫއޭއީގެ އަސްކަރީ މަރުކަޒުުތަކާއި ވައިގެ ސަރަހައްދު އީރާނަށް ޓެރަރިސްޓް ހަމަލަ ދިނުމަށް އެމެރިކާއާއި އިސްރާއީލުގެ ބޭނުމަށް ދެމުން ދިއުމާ ގުޅިގެން އީރާނުން ދޭ ދިފާއީ މިސައިލްގެ ހަމަލާގައި މުސްލިމުންނާއި އަރަބިން ޔޫއޭއީގެ ދިފާއުގައުި ވާހަކަ ނުދފައްކަނީ ކީއްވެގެންތޯ ސުއާލުކޮށް އެ ގައުމުތަކަށް ގަރްގާޝް ވަނީ ފާޑު ވިދާޅުވެފައެވެ.

ގަރްގާޝް ސުއާލު ކުރައްވަނީ އަރަބި އަދި އިސްލާމީ ގުޅިފައިވާ މަސައްކަތްތަކުގެ މުއައްސަސާތައް ކޮބައިތޯ އެވެ؟

މީގެ ރައްދުގައި މީހުން އޭނާއާ ސުއާލު ކުރަމުން ދަނީ އޭނާއާއި އޭނާގެ ގައުމާއި އެ ގައުމުގެ ވެރިކަބން ކުރާ ޚާންދާނުގެ މީހުން ޣައްޒާގެ ގަތުލުއާންމުގައި ޔަހޫދީން ފަލަސްޠީނު މީހުން ހަނާކުރަމުން ދިޔައިރު ކޮބައިތޯ އަހައި މަލާމާތް ކޮށްފައެވެ!

ފަލަސްޠީނުގެ ޖެނޮސައިޑްގައި ހޫސީން އިސްރާއީލުގެ ބަނދަރުތައް ބަންދުކުރުމުން ޔަހޫދީންނަށް ވައިގެ މަގުން ކާނާ ސަޕްލައި ކޮށްދިނީ ޔޫއޭއީންނެވެ. އެއިރު ފަލަސްޠީނު މީހުން ބަނޑަށް ޖެހިފައިވާ ކަމަށް ބުނެ ދުނިޔެއިން ދިޔައީ އެހީގެ މަގެއް ހޯދައި ދިނުމަށް އާދޭސް ކުރަމުންނެވެ.

އެކްސް މެދުވެރިކޮށް ގަރްގާޝް ބުނަނީ: "އަރަބި ގަލްފުގެ ގައުމުތަކުގެ ހައިސިއްޔަތުން ސުވާލުކުރުމުގެ ހައްގު އަހަރެމެންނަށް އެބައޮތެވެ: އަރަބި އަދި އިސްލާމީ ގުޅިފައިވާ މަސައްކަތްތަކުގެ މުއައްސަސާތައް، ހާއްސަކޮށް އަރަބި ލީގާއި އިސްލާމީ  ޖަމްއިއްޔާ އޯއައިސީ ކޮބައި ހެއްޔެވެ؟ އަހަރެމެންގެ ގައުމުތަކާއި ރައްޔިތުންނަށް އީރާނުގެ މި އަނިޔާވެރި އުދުވާނާ ކުރިމަތިލާން ޖެހިފައިވާއިރު، 'ބޮޑެތި' އަރަބި އަދި ސަރަހައްދީ ގައުމުތައް ކޮބައި ހެއްޔެވެ؟"

މީހުން ބުނަނީ އެޕްސްޓީނާ އަތުގުޅާލައިގެން ފަހިކޮށްދީ، ޔަހޫދީން ޒަޔަނސިްޓުންނާއި އަތު ގުޅާލައިގެން ފޭކް އަމާން ކަމެއް ހޯދައިގެން ބިއްލޫރި ގަނޑުވަރުތަކުގައި އުޅުނު އިރު ފަލަސްޠީނާއި ޣައްޒާއާއި ސޫދާނާއި ޔަމަނު ލީބިޔާ ސޯމާލު މަތިން ޔޫއޭއީން ހަނދާން ކުރި ހެއްޔެވެ؟ މއިން ކޮންމެ ތަނެއްގަިއވެސް ޔޫއޭއީން ފިތުނަ އުފެއްދުން ނޫން ކަމެއް ކޮށްފައި ނުވާ ކަމަށް މީހުން ބުެނއެވެ.

ގަރްގާޝް އިތުރަށް ވިދާޅުވިއެވެ:

"މިފަދަ ފަސްޖެހުމަކާއި ނުކުޅެދުންތެރިކަމެއްގެ ތެރޭގައި، ފަހުން އަރަބި އަދި އިސްލާމީ ދައުރު ކުޑަވެއްޖެ ކަމަށް ބުނެ ވާހަކަދެއްކުމުގެ ނުވަތަ އެމެރިކާއާއި ހުޅަނގުގެ ނުފޫޒަށް ފާޑުކިޔުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ތަނަވަސްކަމުގެ ވަގުތުތަކުގައި އަރަބި ގަލްފުގެ ގައުމުތަކަކީ އެންމެންގެ މަދަދުގާރުންނާއި ބައިވެރިންނެވެ. ވީއިރު، މި ދަތި އުނދަގޫ ވަގުތުގައި ތިޔަބައިމީހުން ތިބީ ކޮންތާކު ހެއްޔެވެ؟"

ގަރްގާޝަކީ މިއީ:

ހިއްސާ ކުރައްވާ!