ގާހިރާގެ އިރުމަތީ އަވަށުގައި ހުންނަ އަޒްހަރުގެ އާ ކުތުބުޚާނާ ރަސްމީކޮށް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އިސްލާމީ މިއުމާރީ ފަރުމާއަކަށް ބިނާކޮށްފައިވާ މި ޒަމާނީ އިމާރާތަކީ 14 ހާސް އަކަމީޓަރުގެ ސަރަހައްދެއްގައި ހުރި، 6 ބުރީގެ އިމާރާތެކެވެ. މިތަނުގައި އަތުލިޔުންތަކާއި، ފޮތްތަކާއި، ޗާޓުތަކުގެ އިތުރުން ޔުނިވަރސިޓީ ތީސިސްތަކަށް ޚާއްސަ ހޯލުތައް ހިމެނެއެވެ.
މި ކުތުބުޚާނާ ހުޅުވުމާ ދިމާވަނީ އެތަނުގެ ހާލަތަށް އަންނަ ތާރީޚީ ބަދަލަކާއެވެ. ޤާހިރާ ބިނާ ކުރި ފާތިމީ ދައުރުން ފެށިގެން އަޒްހަރުގެ ބެލުމުގެ ދަށުގައި އޮތް މި ކުތުބުޚާނާއަކީ، އާ ގާނޫނެއްގެ ދަށުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދަށުން ހިނގާ އާންމު ގާނޫނީ ޝަޚްސެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
އާ އިދާރީ އޮނިގަނޑުގައި ބޯޑް އޮފް ޓްރަސްޓީޒް ގައި ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނާއިބަކީ އަޒުހަރުގެ އިމާމުލް އަކުބަރުއެވެ. މެންބަރުންގެ ގޮތުގައި 15 އާއި 30 އާ ދެމެދުގެ އަދަދަކަށް ބޭފުޅުން 4 އަހަރުގެ މުއްދަތަށް ތިއްބަވާނެއެވެ.
ބޯޑް އޮފް ޑައިރެކްޓަރޒްގެ ރިޔާސަތު ބަލަހައްޓަވާނީ އަޒުހަރުގެ އިމާމްއެވެ. މެންބަރުންގެ ގޮތުގައި 15 އާއި 21 އާ ދެމެދުގެ އަދަދަކަށް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން 10 ބޭފުޅުންނަކީ އަޒްހަރުގެ އިލްމުވެރިންނެވެ.
އިލްމީ ދާއިރާތަކުގައި ހިމެނެނީ ތަރިކައާ ބެހޭ މަރުކަޒުތަކާއި، އަތްލިޔުންތައް ތަހުގީގުކުރުމާއި މަރާމާތުކުރާ މަރުކަޒުތަކާއި، ލިޔުންތެރިކަމުގެ ދިރާސާތައް ބަލަހައްޓާ ޔުނިޓާއި، އަތުލިޔުންތަކުގެ މިއުޒިއަމާއި، އަދި އިލްމީ މަޖައްލާއެއް ނެރުމެވެ.
ރައްކާކުރެވިފައިވާ ތަކެތީގައި ހިމެނެނީ،
- 500,000 ފޮތް
- 50,000 އަތުން ލިޔެފައިވާ ދެލިކޮޕީގެ މުސްވައްދާތައް (މީގެ ތެރޭގައި 1000 އަހަރުވީ ނާދިރު 4,000 ލިޔުން ހިމެނެއެވެ)
- އަތުން ލިޔެފައިވާ 970 މުސްހަފް (އެންމެ ފާހަގަކޮށްލެވެނީ ހިޖުރައިން 4 ވަނަ ގަރުނުގެ "އަލް-މުސްހަފް އަލްސަފީނީ" އެވެ)
- 142 ނާދިރު ޗާޓު
ތާރީޚީ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އަލްކުތުބުޚާނާ އަލްއަޒްހަރިއްޔާ އުފެދުން (1896)
- އައްދައްރާސާގައި ހުންނަ އަޒްހަރު ކުތުބުޚާނާ އުފެދުން (1994)
- މަދީނަތުލް ބުއޫސްގައި އުފެއްދި އާ ކުތުބުޚާނާ އުފެދުން (2014-2024)





