މިދިޔަ އަހަރުތަކުގައި، މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖޭގެ ދަރިވަރުން އާންމުކޮށް އިޚްތިޔާރުކުރަމުން އައީ ހުޅަނގުގެ ޔުނިވަރސިޓީތަކެވެ. ނަމަވެސް، މިއަދު ދުނިޔޭގެ މަތީ ތަޢުލީމުގެ މައިދާނަށް ބޮޑެތި ބަދަލުތަކެއް އަންނަނީ އަންނަމުންނެވެ. ތަޢުލީމީ ފެންވަރަށް އިސްކަންދޭ ފަދައިން، މިހާރުގެ ދަރިވަރުން އެންމެ ބޮޑަށް ބަލަނީ ރައްކާތެރިކަމާއި، ޚަރަދު ކުޑަވުމާއި، ތަފާތު ނުކުރުމާއި އަދި ހިތްފަސޭހަ އިޖުތިމާޢީ މާޙައުލެއް އޮތް ދިރިއުޅުމުގެ ވައްޓަފާޅިއެއް ތަޖުރިބާކޮށް އެފަދަ މާހައުލެއްގައި އުޅޭ ށެވެ.
ނޫރައިން ޢަލީ އަކީ 'އީކޯއޯޑަރ' ކޮންސަލްޓަންސީ މެދުވެރިކޮށް ރަޝިޔާގެ ޝަރަފުވެރި ޔުނިވަރސިޓީއަކުން ޖާގަ ހޯދި ފުރަތަމަ ދިވެހި ދަރިވަރެވެ. މިއީ ބައިނަލްއަޤުވާމީ ތަޢުލީމީ މައިދާނުގައި ރަޝިޔާ ފަދަ އައު މަންޒިލްތަކަށް ދިވެހި ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެކެވެ.
2026 ވަނަ އަހަރާ ކުރިމަތިލާއިރު، ރަޝިޔާގެ މަޤުބޫލުކަން ވަނީ ހަމައެކަނި ކިޔަވައިދޭ މާއްދާތަކަށްވުރެ ބޮޑަށް އެހެން ދާއިރާތަކަށްވެސް ފުޅާވެ މަގްބޫލުވެ ފައެވެ. ދިވެހި ޢާއިލާތަކަކުން މިހާރު އެންމެ ބޮޑަށް ބަލަނީ އެމީހުންގެ ކުދިން ފޮނުވުމުގައި ރައްކާތެރިކަމާއި ދިރިއުޅުމުގެ ފެންވަރަށެވެ. ރަޝިޔާގެ ޔުނިވަރސިޓީތައް ހުންނަ ސިޓީތަކަކީ ޒަމާނީ ވަސީލަތްތަކާއި، ފަސޭހަ ދަތުރުފަތުރުގެ ނިޒާމާއި، ރައްކާތެރި މާޙައުލެއް ގާއިމްވެފައި އޮތް ތަންތަނެވެ. މީގެ ސަބަބުން ދަރިވަރުންނަށް އެއްވެސް ހާސްކަމެއް ނެތި ކިޔެވުމާއި އަމިއްލަ ކުރިއެރުމަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ރަޝިޔާގައި ދަރިވަރުން ގެ ތައުލިމީ ހަޔާތުގެ ދުވސްތަކަކީވެސް ވަރަށް ތަފާތު ތަޖުރިބާއް ކުރާނެ ދުވަސްތަކެކެވެ. އެއީ، ތާރީޚީ ބިނާތަކާއި މުއްސަނދި ސަގާފަތެއްގެ ތެރެއިން، ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވެގެން ދާނެ މާހައުލެކެވެ. ފެންވަރު ރަނގަޅު ދިރިއުޅުމުގެ އިންތިޒާމުތައް އަތްފޯރާ ފަށުގައި ހުރުމާއި، މީހުންގެ ހިތްހެޔޮކަމުގެ ސަބަބުން، ރާއްޖެ ފަދަ ޤައުމަކުން ރަޝިޔައަށްދާ ދަރިވަރުންނަށް ރަޝިޔާގެ މާޙައުލަށް ހޭނުމަކީ ފަސޭހަ ކަމަކަށް ވެގެންދެއެވެ.
ވަކިން، ޚާއްޞަކޮށް ބުރުގާ އަޅާ ދަރިވަރުންނަށް، ރަޝިޔާގެ ޔުނިވަރސިޓީތަކަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަދި ދީނީ އަދި ސަގާފީ އަމިއްލަވަންތަކަން ދަމަހައްޓައިދޭ ރައްކާތެރި މާޙައުލެކެވެ.
ރަޝިޔާގެ މާހައުލުން މަތީ ފެންވަރުގެ ތަޖުރިބާއެއް ލިބޭއިރު، ރަޝިޔާއަކީ ކިޔެވުމުގެ ޚަރަދު ނިސްބަތުން ކުޑަ ޤައުމެކެވެ. މެޑިސިން، އިންޖިނިއަރިންގ، އިކޮނޮމިކްސް އަދި ހިއުމަނިޓީޒްގެ ދާއިރާތަކުން 1،200 އަށްވުރެ ގިނަ ޕްރޮގްރާމްތައް ރަޝިޔާގެ ޔުނިވަސިޓީތަކުން ލިބެން ހުރެއެވެ. މީގެ އިތުރުން، މަތީ ވަނަ ހޯދާފައިވާ ފާހަގަ ކުރެވޭ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ގިނަ ފުރުޞަތުތަކެއްވެސް ލިބިގެންދެއެވެ.
'އީކޯއޯޑަރ' ކޮންސަލްޓަންސީއަކީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ ދަތުރުގައި ދަރިވަރުންނަށް އެހީތެރިވެދޭ މުހިންމު ބައިވެރިއެކެވެ. އީކޯއޯޑާރ ކޮންސަލްޓެންޓީ އިން ޔުނިވަރސިޓީތަކުން ޖާގަ ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށް ދެއެވެ. ނޫރައިން ޢަލީ ފަދަ ދަރިވަރުންނަށް އިތުބާރާއެކު ކުރިއަށް ދިއުމުގެ މަގު ކޮށައިދެއެވެ.
ދިވެހި ދަރިވަރުން ދުނިޔޭގެ ޤައުމުތަކާ މެދު ދެކޭ ގޮތް ބަދަލު ވަމުންދާއިރު ރަޝިޔާއަކީ ދިވެހިންގެ މެދުގައި މަޤްބޫލު ޤައުމެކެވެ. ރަޝިޔައިން ތަފާތު ތައުލީމީ ފުރުސަތުތަކާއެކު ކާމިޔާބީއަށް ވާސިލުވާނެ މަގުތައްވެސް މިވަނީ އިތުރުވެފައެވެ. ރަނގަޅު އިރުޝާދާއެކު، ދަރިވަރުގެ ތަޢުލީމީ ޙަޔާތުގެ އައު ބާބެއް، މޮސްކޯ، ނުވަތަ ސެއިންޓް ޕީޓަރސްބާގް ފަދަ ރަޝިޔާގެ ތާރީޚީ ސިޓީއަކުން ފެށިދާނެއެވެ.
އައު ތަޖުރިބާއަކާއި، މުއްސަނދި ސަގާފީ އަދި ޢިލްމީ ތަރިކައެއްގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ ތަޢުލީމެއް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަޝިޔާއަކީ އެންމެ އެކަށީގެންވާ މަންޒިލެވެ.
'އީކޯއޯޑަރ' ކޮންސަލްޓަންސީން މިހާރު ދަނީ ކުރިއަށް އޮތް އިންޓޭކްތަކަށް ދަރިވަރުންނަށް އިރުޝާދު ދެމުންނެވެ. ރަޝިޔާގެ ޝަރަފުވެރި ޔުނިވަރސިޓީއަކުން ޖާގަ ކަށަވަރުކޮށް، ލިބެންހުރި ސްކޮލަރޝިޕް ފުރުޞަތުތައް ހޯއްދެވުމަށް: އީކޯއޯޑަރ ކޮންސަލްޓަންސީ:" 7977887
(މިއީ އީކޯއޯޑާރ އިން ތައްޔާރުކޮށްފައިވާ އެޑްވަޓޯރިއަލް އެކެވެ.)







