ރައީސް މުޢިއްޒުގެ ސަރުކާރުން ފެނިގެން ދަނީ "އިތުބާރާއި، ސާބިތުކަމާއި، ޒިންމާދާރު ލީޑަރޝިޕް": ގާސިމް އިބްރާހީމް

ރާއްޖޭގެ އިގްތިސާދު ދުޅަހެޔޮކޮށް ދެމެހެއްޓުމަށް ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް މިއަދު ތައުރީފް ކުރައްވައިފިއެވެ. ޤާސިމް ވަނީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ސަރުކާރުން މިއަދު ޚަލާސްކޮށްފައި އެކަން ޢިއުލާން ކުރުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އިގްތިސާދީ ސިޔާސަތަށް ތަޢުރީފް ކުރައްވާފައެވެ.

ޤާސިމް އިބްރާހީމް ވަނީ މި އިގްތިސާދީ ކާމިޔާބީއަށް ތައުރީފު ކުރައްވައި، މިއީ ރައީސް މުޢިއްޒުގެ އަޒުމާއި ހަރުދަނާކަމުގެ ހެއްކެއް ކަމަށް ސިފަކުރައްވާފައެވެ. ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ، ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި މި 500 މިލިއަން ޑޮލަރުގެ ސުކޫކާއި ސުކޫކުގެ އަސްލު ފައިސާގެ އިތުރުން 24.68 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓް ފައިސާ ދެއްކުމުން ދޭހަވަނީ
"އިތުބާރާއި، ސާބިތުކަމާއި، ޒިންމާދާރު ލީޑަރޝިޕް" ފެނިގެން ދާ ކަމަށެވެ.
އަދި މިފަދަ އިލްތިޒާމްތައް ދިވެހި ދައުލަތުން ފުރިހަމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަވާނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ވަނީ މިއަހަރު ދެން ދައްކަން ހުރި ލޯނުތައްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން ޤައުމާއި ރައްޔިތުންނަށް ދީފައެވެ. އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ މިއަހަރު ދައްކަންޖެހޭ ބާކީ ހުރި ލޯނުތައް ވެސް ދައްކާނެ ކަމުގެ ޔަގީންކަން އެ ބައޮތް ކަމަށާއި މާޒީގެ ދަރަނިތަކުގެ ބުރައިން ޤައުމު ސަލާމަތްކުރުމަކީ ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުން ފަދަ މުހިންމު ކަމެއް ކަމަށެވެ. އަދި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ގާސިމްގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

ވައުދުތައް ފުއްދަމުން ގައުމު ހަމަމަގަށް އަޅުވާނެ މޭސްތިރިއަކީ ރައީސް މުއިއްޒުކަން ސާބިތުކޮށްދެއްވައިފި

 

ހިއްސާ ކުރައްވާ!