"މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ހަަތަރެއް އޭޕްެރީލުގައި އޮންނަ ވޯޓުގައި އެމަނިކުފާނު ހޮއްވަވައިދެއްވަން. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް ތިޔަ ރައްޔިތުންނާމެދުގައި. މިއަދު މިތަނުގައި އަޅުގަނޑުމެންނަށް އަމާންކަމާއެކު މިތިބެވެނީ މިގައުމު މިއަދާ ހަމަައަށް އަމާންކަމާއެކު މިއާދެވުނީ، ސިފައިންނާއި އާއްމުންގެ އެތައް ބަޔަކު ދެއްކި މިސާލުގެ ސަބަބުން. އޭގެ އެންމެ ވަރުގަދަ މިސާލު ދެއްކެވި އެއް ލީޑަރަކީ މޫސާ އަލީ ޖަލީލު،" ރައީސް
ސިޔާސީ ޕާޓީގެ ރޫހު އެއްފަރާތްކުރުމަށްފަހު، ގައުމީ ވިސްނުމުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ އާޝިޔާތު އަލައިކާ އަދުނާނު ހޮއްވަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރޭ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ އަބަދުވެސް ގައުމީ ވިސްނުމުގައި މަސައްކަތްކުރާ، ގައުމު އެންމެ އިސްކޮށްގެން އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު ކުރިއަށް ނެރޭނެ ޕާޓީއެއް ކަމަށެވެ. އަދި ސަރުކާރާއި ޕާޓީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަކީ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ބަލައި ހޯދައިގެން ކުރިއަށްގެންދާ ކަންކަން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން ނިންމަވާފައިވާ ބައެއް މުހިންމު ނިންމެވުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް ވަކި އުމުރަކަށްވުރެ ހަގު ކުދިންނަށް ވިއްކުމާއި ގަތުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކަކީ، މުސްތަގުބަލުގެ ޖީލުތަކުގެ ދުޅަހެޔޮކަން އިސްކުރައްވައިގެން އެޅުއްވި ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ކައުންސިލަށް ޑަބްލިއުޑީސީއަށް ހޮވަންވީ މި އިންތިހާބުގައި ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ހުރި ކަންކަމުގައި ރަށްރަށަށް އަންނަން ހުރި ތަރައްގީއަށް އެންމެ ބޮޑަށް ފެސިލިޓޭޓުކޮށްދޭނެ މީހުންނޭ. އެއީ ހަމަ ޔަގީނުންވެސް ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން. އެހެންވީމާ އަޅުގަނޑުމެންގެ ކައުންސިލުގެ ހުރިހާ ކެންޑިޑޭޓުން އަދި ޑަބްލިއުުޑީސީގެ ހުރިހާ ކެންޑިޑޭޓުން ދިވެހި ރައްޔިތުން ހޮއްވަވައިދެއްވާ. ހަމަ ޔަގީނުންވެސް އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް
މާލޭގެ ތަރައްގީއަށްޓަކައި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރުވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވި ކޮމިޓީއެއް ކަމަށެވެ.
"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވެފައި ހުރި މުހިއްމު ވައުދުތަކެއް މާލެއަށް އަދި މުޅި ރާއްޖެއަށްވެސް އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތުމާއީ ގޮތުން ކޮށްދޭންހުރި ކަންކަން ކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ ލީޑުކުރައްވާނީ އަލަައިކާ،" ރައީސް
އެ ކޮމިޓީ ހިންގުމަށްޓަކައި އެއިރުވެސް އޮފީހަކާއި ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވައިދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މާލޭގެ ހުރިހާ ރައްޔިތުންގެ ކިބައިން، ވަކި ސިޔާސީ ކުލައަކަށް ނުބަލައި، ގައުމާއި މާލޭގެ ކުރިއެރުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެން މާލޭ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް އޮތް ތަނުގައި ކަންކަން ގެންދެވުމުގައި އެ ގައުމީ ވިސްނުމުގައި އެ ހިތްވަރާއެކު، އިހުލާސްތެރިކަމާއި މުރާލިކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅަކީ ހަމަ ޔަގީނުންވެސް މޫސާ އަލީ ޖަލީލު. މިއީ ސުވާލެއްވެސް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެންވާނެ ކަމެއް ނޫން. ޕާޓީ ރޫހު ދޫކޮށްލައްވާފައި ގައުމީ ވިސްނުމުގައި ކުރިއަށްވަޑައިގަންނަވަންވީ،" ރައީސް

