މައުލޫމާތުގެ ހަނގުރާމައިގައި ޕާކިސްތާން

ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް އާ ކުރިމަތިލުމެއް ފަށަނީ ކަމަސް މަނީކޮންޓްރޯލްގެ ރިޕޯޓެއް ބުނެފިއެވެ. ނަމަވެސް މިއީ ހަނގުރާމައިގެ މައިދާނަކު ނޫނެވެ. އެއީ، މައުލޫމާތު ފެތުރުމުގެ ދާއިރާގައެވެ.

ޑިސްއިންފޯލެބްގެ ދިރާސާއަކާ ހަވާލާދީ އެ ރިޕޯޓުގައިވާ ގޮތުން، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރުގެ އިރުޝާދުގެ ދަށުން 'ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މާސްޓަރ ޕްލޭން' އެއް ވަނީ އެކުލަވާލާފައެވެ. މީގެ ބޭނުމަކީ އިނގިރޭސި ބަހުން ހިންގާ މީޑިއާ ޕްލެޓްފޯމްތަކާއި، ތިންކް ޓޭންކްތަކާއި، ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަންތައް މެދުވެރިކޮށް ދުނިޔޭގައި ޕާކިސްތާނާ މެދު ދެކޭ ގޮތް ބަދަލުކުރުމެވެ.

މި މަސައްކަތް ފަށާފައިވަނީ 'އޮޕަރޭޝަން ސިންދޫރު' އަށް ފަހު، ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމުގައި ޕާކިސްތާނު ނާކާމިޔާބުވުމާ ގުޅިގެންނެވެ. އެ ފަހަރު ޕާކިސްތާނުން ބޭނުންކުރި އުރުދޫ ބަހުގެ މެސެޖުތައް ދުނިޔޭގެ ފެންވަރުގައި ފެތުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އާ އިސްތިރާތީޖީގެ ދަށުން ބޮޑަށް އިސްކަންދެނީ ހުޅަނގުގެ ކިޔުންތެރިން ބަލައިގަންނަ ފަދަ، އިތުބާރު ހުރި ވަސީލަތްތައް މެދުވެރިކޮށް ޕާކިސްތާނަށް ތާއީދުކުރާ ވާހަކަތައް ފެތުރުމަށެވެ. ހާއްސަކޮށް ކަޝްމީރުގެ މައްސަލައިގައެވެ.

އެހެންނަމަވެސް، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕާކިސްތާނަށް އިތުބާރު ކުރުމުގައި ހުރި ގިނަދުވަސްވީ މައްސަލަތަކާއި، މުއައްސަސާތަކުގެ ގާބިލުކަން ކުޑަވުމާއި، ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރު ނެތުމުގެ ސަބަބުން، މި މައުލޫމާތު ފެތުރުމުގެ ކެމްޕޭނަށް އެދެވޭ ނަތީޖާއެއް ނުލިބިދާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!