އީރާނާއެކު ސިޔާސީ އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ މަންހޫސް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެއްވެސް މައުލޫމާތެއް ކުރިން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ލިބިފައިނުވާތީ، އިސްރާއީލުގެ ސަރުކާރަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މަސްއޫލުވެރިއަކު ހާމަކޮށްފިއެވެ.
ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން އިސްރާއީލުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ބުނެފައިވަނީ، އީރާނުގެ ބިރުވެރިކަން ކުޑަވުމުގެ ބަދަލުގައި، ޔަހުދީ ރެޖީމުން ތައްޔާރުވަމުން ދިޔައީ ފުޅާ ދާއިރާއެއްގައި އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޓްރަމްޕްގެ ސުލްހއަށް ނިންމެވި ނިންމެވުމާއެކު މަސްރަހު ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިކަމުން މުޅި ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ސިހުމެއް ލިބި އަލުން ކަންކަން ތަރުތީބު ކުރަން ޖެހިފައިވާ ކަމަށް ބުނެއެވެ.
ޔަހޫދީން ބުނަނީ އެމެރިކާއިން އީރާނަށް ދީލާލި ކަމުގައި ވިއަސް ޔަހޫދީން ތިބޭނީ އެމީހުން އާދަވެގެން ދުނިޔޭގައި ފަސާދަ އުފައްދާ ސަގާފަތާ އެއްގޮތަށް ކޮންމެ ހިނދަކުވެސް އީރާނަށް ހަމަލަ ދޭން ތައްޔާރު ވެގެންނެވެ.






