އެމެރިކާއިން އީރާނުގެ 27 އެއާލައިނަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާއިން އީރާނު އިނދެ ޖައްސާލުމަށް ކުރަމުންދާ މަސައްކަތުގައި އީރާނާ ގުޅުންހުރި އެއާލައިންތަކާއި ކުންފުނިތަކަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފިއެވެ.

ވޮޝިންޓަނުގައި ނޫސްވެރިންނާ ވާހަކަދައްކަވައި އިތުރުފުޅު ހައްދަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުން ކުރިން ނިޔުކްލިއަރ ހަތިޔާރެއް ހޯދުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް މިހާރު އެފަދަ ފުރުޞަތެއް އެ ޤައުމަށް ނެތް ކަމަށެވެ. އަދި އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވަމުން، ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ކުރާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޓްރެޜަނީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އަމާޒުކޮށް 30 އަށްވުރެ ގިނަ ކުންފުންޏާއި ފަރާތްތަކަށް އަލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ޔޫއޭއީ، ތުރުކީ، މެލޭޝިޔާ އަދި ކަޒާޚިސްތާނުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން ހުރި ފަރާތްތަކަށްވެސް މި ފިޔަވަޅުތައް ވަނީ އަމާޒުކޮށްފައެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނުގެ ސަރުކާރަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ކުރިން ވެފައިވާ ވައުދު ފުއްދާފައިވާ ކަމަށެވެ. އަދި ބާކީ ހުރި އީރާނުގެ އެއާލައިންތަކާ އެކު ވިޔަފާރީގެ މުޢާމަލާތް ހިންގާ ފަރާތްތަކުން ދުނިޔޭގެ މާލީ ނިޒާމުން ބޭރު ކުރުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު ދެއްވިއެވެ.

އެމެރިކާގެ މި ފިޔަވަޅުތަކަކީ އަމިއްލައަށް އަޅާފައިވާ ފިޔަވަޅު ތަކެކެވެ. މިއީ އދން ހުއްދަ ލިބިގެން ސަލާމަތީ މަޖިލީހައި މަޝްވަރާ ކުރެވިގެން އަޅާފައިވާ ފިޔަވަޅުތަކެއް ނޫނެވެ. އީރާނުން ވަނީ މިއީ އެމެރިކާގެ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަ ކޮށްފައެވެ.

އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ކުންފުނިތަކާއި އެއާލައިންގެ ލިސްޓް:

  1. Iran Air Tour
  2. Iran Aseman Airlines
  3. Kish Air (Kish Airlines)
  4. ATA Airlines Company
  5. Zagros Airlines
  6. Karun Airlines Company
  7. Toos Airlines
  8. Chabahar Airlines Company
  9. Saha Airlines
  10. Qeshm Air
  11. Ava Airlines
  12. Raimon Airways
  13. Soroush Air
  14. Fly Persia Airlines
  15. Erwan Airline Company (a.k.a. Air1Air, Arvan Airlines, "Air1″)
  16. JSky Airlines
  17. Nasim Air
  18. Pars Oghyanous Kish Company (Pars Air)
  19. Atlas Aviation Group (a.k.a. Atlas Air Plus)
  20. Taban Airlines
  21. Varesh Airlines
  22. Fly Kish Airlines
  23. Air Shiraz
  24. ASA Jet Airline
  25. Mehr Airways
  26. LAD Airways
  27. Sepehran Airlines (a.k.a. FlySepehran)
ހިއްސާ ކުރައްވާ!