އެމެރިކާ މީހާ މަތިންދާބޯޓުގައި ބައިންދާފައި އިނީ ޓޭޕް އޮޅާލާފައި

އެމެރިކަން އެއަރލައިންސްގެ ފްލައިޓެއްގައި ހަމަނުޖުހުން ހިންގައި، ބަހުގެ ހަމަލާތައްދީ ނަސްލީ ތަފާތުކުރުމުގެ ވާހަކަތައް ދެއްކުމުގެ ސަބަބުން ޓޭޕް އޮޅާލައިގެން ބަނދެ، ބޯޓުގައި ހައްޔަރުކުރި އުމުރުން 67 އަހަރުގެ މީހާގެ ގޮތްކުޑަ ކަމުން ވަޒީފާއިން ވަކިކޮށްފިއެވެ. އޭނާއަކީ އެރިޒޯނާގެ ރިއަލް އެސްޓޭޓް ކުންފުންޏެއްގައި ވަޒީފާއަދާ ކުރި މީހެކެވެ.

ނިއުޔޯކްޕޯސްޓް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަކްސަންގައި ހުންނަ "ލޯންގް ރިއަލް އެސްޓޭޓް" ކުންފުނީގެ މު ވައްޒަފުގެ މައްޗަށް ޖިނާއީ މައްސަލަތަކެއްވެސް އުފުލާފައި ވެއެވެ.

އެމެރިކާ މީހާ ގޮތް ދައްކާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޑެލަސްއިން ނިއުއޯކަށް ދަތުރުކުރަމުންދިޔަ އެމެރިކަން އެއަރލައިންސްގެ 618 ނަންބަރު ފްލައިޓުގައެވެ. އެހެން ފަސިންޖަރުން ބުނި ގޮތުގައި، ފްލައިޓުގެ ދަތުރު ނިމެމުންދިޔަ ވަގުތު މިމީހާ  ދިޔައީ ފްލައިޓުގެ ފަޅުވެރިންނަށާއި އެހެން ފަސިންޖަރުންނާ ދިމާއަށް ހުތުރު ބަހުން އެއްޗެތި ކިޔައި ނަސްލީ ތަފާތުކުމުގެ ބަހުރުވަ ބޭނުން ކުރަމުންނެވެ.

މިމާހާގެ އުދަގޫ ބޮޑުވެގެން ފްލައިޓުގެ ފަޅުވެރިން އޭނާގެ ގައިގައި ޓޭޕްއަޅައި އޭނާ ކޮންޓްރޯލު ކުރީ އެހެން ފަސިންޖަރެއްގެ ގައިގައި ޖެހުމާ ގުޅިގެންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ އިނީ ގޮނޑިއާއެކު ބޮލާއި ގައިގައި ޓޭޕްއަޅައިގެން ބަނދެފައެވެ.

އެ ފްލައިޓް ބަލްޓިމޯރަށް ޖެއްސުމާއެކު، ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!