ހުޅަނގު އައްސޭރީގައި ޔަހޫދީ ޓެރަރިސްޓުންގެ ވަގުތީ ހިޔާތައް ނެގުމަށް އަންގައިފި

ހުޅަނގު އައްސޭރީގައި ޔަހޫދީ ޓެރަރިސްޓުން ޤާއިމުކޮށްފައިވާ ވަގިތީ ހިޔާތައް ނައްތާލުމަށް ޔަހޫދީ ރެޖީމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގައިފިއެވެ. ޖެނޮސައިޑް މޭސްތިރި މިކަން ކުރުމަށް އަންގާފައި ވަނީ އެމެރިކާ ސަރުކާރުން އޭނާއަށް ފިއްތުމުންނެވެ.

މީޑިއާއަށް ދެ މަސްދަރަކުން ހާމަކުރި ގޮތުގައި، ނަތަންޔާހޫ މިކަމަށް އަމުރު ނެރެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޔަހޫދީންގެ ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް އެމެރިކާއަށް އަރަބިން ފިއްތަމުން ދިއުމާ ގުޅިގެން އެކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ ޓެރަރިސްޓުންގެ ވަގުތީ ހިޔާތަކަކީ ނުރަައްކާތެރި ތަންތަނުގެ ގޮތުގައި ފާހަގަ ކުރެވޭ ތަންތަނެވެ. އެތަންތަނަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުމަށް ޔަހޫދީ ޓެރަރިސްޓުން ބޭނުންކުރަމުންދާ ތަންތަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ ރެޖީމުގެ ސަރުކާރުން މީގެ ހަތަރު އަހަރު ކުރިން އެކުލަވާލި ސިޔާސީ ޕްރޮގްރާމުގައި، ހުޅަނގު އައްސޭރި އެއްކޮށް ހިފުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ އަންގާފައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު، ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީސް ކެނެސެޓުން ވަނީ ހުޅަނގު އައްސޭރިއަށް ޔަހޫދީންގެ ބާރުތައް ފުޅާކުރުމަށް ގޮވާލާ ފާސްކޮށްފައެވެ.

އދ. އާއި ބައިނަލްއަގްވާމީ މުޖުތަމައުން ދެކޭގޮތުގައި ޔަހޫދީންގެ ޓެރަރިސްޓް ބަސްތީތަކާއި ވަގުތީ ބޯހޮޔާވަހި ކަމަކީ ޣެއިރު ގާނޫނީ ތަންތަނެވެ.

ޔަހޫދީންގެ ނުހޮރޮއްޕާން ބިޮޑުވުމާ ގުޅިގެން ދެކުނު އެފްރކާއިން ވަނީ އަނެއްކާވެސް ދުނިޔޭގެ ކޯޓަށް ޔަހޫދީންގެ މައްސަލަ ވައްދާފައެވެ.

ޔަހޫދީ ރެޖީމަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަހުޔޫނީ ސަފީރު މައިކް ހަކަބީ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކުރާ ޔަހޫދީންނަކީ "ޓެރަރިސްޓުން" ކަމަށް ސިފަކުރައްވައި، އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

ހޫދީ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ އޯދަރު ތަންފީޒު ކުރުމަށް ޓެރަރިސްޓު ޔަހޫދީންގެ 100 އެއްހާ ވަގުތީ ހިޔާ ހުސްކުރާނެއެވެ.

ހިއްސާ ކުރައްވާ!