އެހެން ގައުމުތަކުން އެމެރިކާގެ ހަނގުރާމައިގެ ބިލު ދައްކަން ބޭނުންވޭ

އެމެރިކާއިން ހަނގުރާމައެއް ފަށައި ފިއެވެ. އަދި އެެމރިކާއިން ދެކެނީ އެ ހަނގުރާމައިގެ، ބިލް މުޅި ދުނިޔެއަށް ދައްކަން ޖެހޭނެ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެމެރިކާއާއި ޔަހޫދީ ރެޖީމުން އީރާނަށް ހަމަލާދީ، ޤާނޫނާ ޚިލާފު ވަޙުޝީ ހަނގުރާމައެއް ފެށުމާ ހަމައަށް ހުރުމުޒް ކަނޑުއޮޅި އޮތީ އެއްވެސް ހުރަހެއް ނެތި އެންމެންގެ ދަތުރުފަތުރަށް ހުޅުވާލެވިފައި ކަމަށެވެ.

"ވޮޝިންޓަންގެ ނަޒަރުގައި، އެމެރިކާއިން ފެށި ހަނގުރާމަ އާ މެދު އޮޅުވާލައި ކޮންމެވެސް ގޮތަކަށް ބަދަލުކޮށްލަން އެ އުޅެނީ އީރާނުގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބުނު ގެއްލުމެއްގެ ގޮތުގައި، ދައްކަން" ބަގާއީ ވިދާޅުވިއެވެ.

އެމެރިކާއިން ހަނގުރާމަ ފެށުމަށްފަހު، މި ހަލަބޮލިކަމުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައި، މުޅި ދުނިޔެލައްވައި އޭގެ ބިލް ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެއީ  ބުއްދި ނުޤަބޫލުކުރާ ފަދަ ކަމެއް ކަމަށް އިސްމާއީލް ބަޤާއީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!