އެމެރިކާއިން ދޭ ހަމަލަތަކުން ދޭހަވަނީ ގޮތެއް ނެތިގެން ބަކަތަޅާކަން!

އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސިޔާސީ މަސްރަހަށާއި ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. މި ހަނގުރާމައިގައި އިންސާނުންނަށް ލިބެމުންދާ ގެއްލުންތައް ގިނަ ފަހަރަށް އޮންނަނީ ލޯމަތިން ކައްސާލާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު އެމެރިކާއިން އަނެއްކާވެސް ހަނގުރާމައިގެ މައިދާން ހޫނު ކުރުމުން އީރާނުގެ ހުރްމޮޒްގާން ޕްރޮވިންސްގެ ކުހިސްތާކްގައި ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާއަކަށް އެމެރިކާއިން މިސައިލް ހަމަލައެއް ދިނެވެ. އުފާވެރިކަމުގައި ހޭދަކުރަމުންދިޔަ ރެއެއް ބިރުވެރިކަމާއި ހިތާމައިގެ ތެރެއަށް ވެއްޓިގެންދިޔައީ، އެމެރިކާއިން ދިން ހަމަލާއިންނެވެ. ކުޑަކުދިންނާއި އެކު މަދުވެގެން 5 މީހަކު ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.

މި ނުލަފާ ޢުދުވާނީ ހަމަލާގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެމެރިކާއިން މި ހަމަލާ ނުދޭ ކަމަށް ބުނަމުން ދިއުމަށްފަހު ބަދުނާމީން ސަލާމްތ ނުވުމުން އެމެރިކާގެ ނައިބު ރައީސް ވިދާޅުވެފައިވަނީ އެ ޤައުމުން މި ހާދިސާ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއިން ވޭތުވެދިޔަ ދުވަސްތަކުގެ ހަނގުރާމައިގެ ފެށުމުގައި މިނާބު ސްކޫލަށް އެމެރިކާއިން ދިން އުދުވާނީ ހަމަލާގެ ހަނދާން އައުކޮށްދެއެވެ. އެ ހަމަލާގައި ވެސް ގިނައީ ސްކޫލު ކުދިންނެވެ. އެމެރިކާގެ ޙަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މިފަދަ ހިތާމަވެރި އަދި ބަލައިނުގަނެވޭނެ ފަދަ އަނިޔާވެރި ކަންކަމުން ހާމަވެގެންދަނީ އެމެރިކާގެ ކިބައިގައި ހަނގުރާމައިގެ ސްޓްރެޓެޖީއެއް ނެތް ކަމެވެ. ބަލިކަށިވެފައިވާ އީރާން ބާރުގަދަވެ އެމެރިކާ ހަނގުރާމައިގައި ނާކާމިޔާބުވެއްޖެކަން ޤަބޫލުކުރަން ނުކުޅެދުމުގެ ސަބަބުން އަގު ހުރި ފުރާނަތައް ގެއްލިގެންދަނީއެވެ.

ހިއްސާ ކުރައްވާ!