1،300އަށްވުރެ ގިނަ ފްލައިޓު ކެންސަލް.. އިޒްރޭލުގެ ސައިބާ ހަމަލައެއްބާ؟

އިނގިރޭސިވިލާތުގެ ވައިގެ ސަރަޙައްދު ބަލަހައްޓާ މައި މަރުކަޒަށް ދިމާވި ޓެކްނޮލޮޖީގެ މައްސަލައެއްގެ ސަބަބުން، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ފްލައިޓު ދަތުރުތައް އެއްކޮށް ކެނޑި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން، 1،300އަށްވުރެ ގިނަ ފްލައިޓު ކެންސަލްކުރަންޖެހި، އެތައް ހާސް ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

ފްލައިޓުތައް މޮނިޓަރުކުރާ ޕްލެޓްފޯމުތަކުން ހާމަކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މައިގަނޑު ވައިގެ ބަނދަރުތަކުގެ އިތުރުން ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އޭގެތެގައި ހީތުރޯ، ގެޓްވިކް، މެންޗެސްޓަރ، ލިވަޕޫލް، ބާމިންހަމް އަދި އެޑިންބަރާ ފަދަ ބޮޑެތި އެއާޕޯޓުތައް ހިމެނެއެވެ. މި މައްސަލައިގެ ސަބަބުން ވައިގެ ބަނދަރުތަކުގައި ފަސިންޖަރުން ތާށިވެ، ބޯޓުތަކާއި ފަޅުވެރިން ތާވަލުކުރެވިފައިވާ ގޮތަށް ދަތުރު ނުކުރެވުމުގެ ސަބަބުން ދަތުރުތައް ފަސްކުރަން ވަނީ ޖެހިފައެވެ.

އިނގިރޭސިވިލާތުގެ ވައިގެ ސަރަޙައްދު ކޮންޓްލްކުރާ އިދާރާ (ނެޓްސް) އިން ބުނީ، މި މައްސަލަ ދިމާވީ ފްލައިޓުތަކުގެ މަޢުލޫމާތު ޕްރޮސެސްކުރާ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އެ އިދާރާއިން ފަހުން ނެރުނު ބަޔާނެއްގައިވަނީ މައްސަލަ ޙައްލުކޮށް، ޚިދުމަތްތައް އާންމު ޙާލަތަކަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް، ޚިދުމަތްތައް އާންމު ޙާލަތަކަށް ގެނައުމަށް ވަގުތު ނަގާނެ ކަމަށް ވަނީ އިންޒާރުދީފައެވެ.

މި ހާދިސާއާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެގޮތުން ބްރިޓިޝް އެއަރވޭސް އާއި ރަޔަންއެއަރ ފަދަ އެއާލައިންތަކުން ވަނީ ގިނަ ޢަދަދެއްގެ ފްލައިޓު ކެންސަލްކޮށްފައެވެ. އަދި އާންމުންނަށް ދިމާވި ދަތިތަކާ ގުޅިގެން އެއާލައިންތަކުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ޗެކްކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

އިނގިރޭސިންނާއި ޔަހޫދީ ރެޖީމުގެ ކުރިމަތިލުމެއް

ހިއްސާ ކުރައްވާ!