ހިފާފައިވާ ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތަކާ ދެކޮޅަށް އިނގރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސުލޭޓު ބަންދުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޔަހޫދީ ރެޖީމުން އިޢުލާނުކޮށްފިއެވެ.
ޔަހޫދީ ރެޖީމުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ ބުނީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ އިދާރާއާ ގުޅިފައިވާ އެ ކޮންސިއުލޭޓު ބަންދުކުރަނީ އިނގިރޭސިން ޔަހޫދީ އާބާދީތަކުގެ އުފެއްދުންތައް އިމްޕޯޓްކުރުން މަނާކުރުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން، ޣައްޒާއާ ގުޅޭގޮތުން އެމެރިކާ އިސްވެ އޮވެ ހިންގާ ކޯޑިނޭޝަން މިޝަންގައި އިނގިރޭސިވިލާތަށް ބައިވެރިނުވެވޭނެ ކަމަށްވެސް ޔަހޫދީން ނިންމައިފިއެވެ. އަދި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ އިދާރާގެ ސިފައިންނަށް އިނގިރޭސިވިލާތުން ދެމުންދާ ތަމްރީނުތައްވެސް ހުއްޓުވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޖެނޮސައިޑު ރެޖީމުން ބުނެފައި ވަނީ އިނގިރޭސި މަސްއޫލުވެރިންނާ ދެކޮޅަށް ޔަހޫދީ ރެޖީމުން ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.




