ޔަހޫދީ ޖެނޮސައިޑް ރެޖީމުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ބޭނުންވާ އާޓިފިޝަލް އިންޓެލިޖެންސް އަދި ފާރަވެރިވުމުގެ ޓެކްނޮލޮޖީ ފޯރުކޮށްދޭ އެމެރިކާގެ ޔަހުދީ ޒަޔަނިސްޓް ކުންފުންޏެއް ކަމަށްވާ ޕަލަންޓިއާ ކުންފުންޏާ އާއެކު ލަންޑަންގެ ފުލުހުން ހަދަން އުޅުނު 50 މިލިއަން ފައުންޑްގެ އެއްބަސްވުން ލަންޑަންގެ މޭޔަރު ސާދިގު ޚާން ހުއްޓުވައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން މޭޔަރު ސާދިގު ޚާން ވިދާޅުވީ، މި އެއްބަސްވުމަކީ ދައުލަތުގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާ ސާފުކޮށް ޚިލާފު އަދި ސީރިއަސް މައްސަލަތަކެއް ހުރި އެއްބަސްވުމެއް ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މެޓް ފުލުހުން ބޭނުންވީ ކުށްތައް ތަހުގީގު ކުރުމުގައި އިންޓެލިޖެންސް އެނަލިސިސް އޮޓޮމޭޓް ކުރުމަށް ޕަލަންޓިއާގެ އޭއައި ނިޒާމު ބޭނުންކުރުމަށެވެ. ޕަލަންޓިއަރ އަކީ ސައޫދީ އަރަބަށް އޭއީ އަމަސައްކަތް ކޮށްދޭ ކުންފުންޏެއްވެސް މެއެވެ.
މޭޔަރުގެ ތަރުޖަމާނު ވިދާޅުވީ، ލަންޑަންގެ ރައްޔިތުން ބޭނުންވަނީ ދައުލަތުގެ ފައިސާ ހޭދަކުރާ ކުންފުނިތަކަކީ އެ ސިޓީގެ އަގުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ކުންފުނިތަކަކަށް ވުމަށެވެ. ނަމަވެސް، ލަންޑަން ފުލުހުން ބުނަމުންދަނީ މުވައްޒަފުން މަދުވުމުގެ ސަބަބުން މަސައްކަތްތައް ހަރުދަނާކުރުމަށް މިފަދަ އާ ޓެކްނޮލޮޖީއަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ.
ސިޓީ ހޯލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޓް ފުލުހުން މި ވިޔަފާރީގެ ސްޓްރެޓެޖީ ހުއްދަ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަނެއްކޮޅުން، ޕަލަންޓިއާގެ އިނގިރޭސިވިލާތުގެ ޗީފް އެގްޒެކެޓިވް ލުއިސް މޯޒްލީ ވަނީ މޭޔަރުގެ މި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން ދުޝްމަން ދައުލަތްތަކަށާއި (މުސްލިމުން) ކުށްވެރިންނަށް ފައިދާވާނެ ކަމަށާއި، މޭޔަރު އިސްކަންދެއްވަނީ އާންމުންގެ ރައްކާތެރިކަމަށްވުރެ ސިޔާސީ މަސްލަހަތަށް ކަމަށެވެ.
ޕަލަންޓިއާ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް ފަދަ އިދާރާތަކާއެކު 600 މިލިއަން ފައުންޑަށްވުރެ ބޮޑު އެއްބަސްވުންތަކެއް ހަދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުޜާ އިސރއީލުގެ ވާގިވެރިވާ ބިލިއަނަރު ޕީޓާ ތިއޭލް އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ކުންފުންޏަކީ އިސްރާއީލުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުގެ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ.





