ހައްޖާޖީން އަންނަން ފަށާނީ ހުކުރު ދުވަހުން ފެށިގެން

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށްއޮތް ހުކުރު ދުވަހުން ފެށިގެން ކަމަށް ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.

ޙައްޖު މިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހަކަށް ބަހާލައިގެން، މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ.

ޙައްޖުވެރިން ރާއްޖެ އަންނާނެ ތާވަލު:

ތާރީޚް އެއާލައިން މަދީނާއިން ފުރާ ގަޑި މާލެއަށް ޖައްސާ ގަޑި
5 ޖޫން 2026 (ހުކުރު) ސައުދީ އެއާލައިން މެންދުރުފަހު 03:15 މެންދުރުފަހު 14:00
7 ޖޫން 2026 (އާދިއްތަ) މޯލްޑިވިއަން ހެނދުނު 09:40 ހަވީރު 17:40
8 ޖޫން 2026 (ހޯމަ) ސައުދީ އެއާލައިން މެންދުރުފަހު 03:15 މެންދުރުފަހު 14:00
9 ޖޫން 2026 (އަންގާރަ) މޯލްޑިވިއަން ހަވީރު 16:00 ދަމުންފަހު 00:01

ފްލައިޓްތައް ފުރާ ގަޑިތައް ނަގާފައިވަނީ ސައުދީ އަރަބިއްޔާގެ ގަޑިންނެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވާއިރު، މި ހުރިހާ ޙައްޖުވެރިންވެސް ސައުދީއަށް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

ހިއްސާ ކުރައްވާ!