ރިއާލް މެޑްރިޑްގެ ރެކޯޑުތައް މުގުރާލާނެ ތަރިއަކީ ކާކު؟

ރިއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ދުނިޔޭގެ ފެންވަރުގެ ސުޕަރސްޓާރަކު ހޯދުމަށްޓަކައި ފުޓްބޯޅައިގެ ތާރީޚުގައި ހުށަހަޅާ އެންމެ ބޮޑު ރަސްމީ ހުށަހެޅުން އަންގާރަ ދުވަހު ހުށަހަޅާނެކަން އިޢުލާންކޮށްފިއެވެ. "ހޮރައިޒޮންޓޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕެރޭޒް ވިދާޅުވީ، އެ ކްލަބުން ހުށަހަޅާނީ ކުޅުންތެރިއަކަށް މިހާތަނަށް ދޭ އެންމެ ބޮޑު ހުށަހެޅުން ކަމަށެވެ. ނަމަވެސް އެއީ އާރލިންގ ހާލަންޑް، ޖެރެމީ ޑޮކޫ ނުވަތަ މައިކަލް އޮލީސޭ ނޫންކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ސްޕޭންގެ "މާސާ" ނޫހުން ރިޕޯޓްކުރާ ގޮތުގައި، ބަޔާން މިއުނިކުން ދަނީ އެމީހުންގެ އަގުބޮޑު ފޯވާޑް އޮލީސޭ ވިއްކާލަން ދެކޮޅު ހަދަމުންނެވެ. އޭނާގެ މާކެޓް އަގަކީ 150 މިލިއަން ޔޫރޯއެވެ. އަދި 2029 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބަޔާންގައި ބަހައްޓަން ކޮންޓްރެކްޓް ހަދާފައިވީ ނަމަވެސް، ރިއާލްގެ ލިސްޓުގައި އޭނާގެ ނަން އަދިވެސް އެބައޮތެވެ. ރިއާލް މެޑްރިޑުން މި ފަހަރު 150 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގެއް ހުށަހަޅައިފިނަމަ، އެއީ ޖޫޑް ބެލިންގހަމް ގެންނަން ޚަރަދުކުރި 127 މިލިއަން ޔޫރޯގެ ރެކޯޑު މުގުރާލައި، އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު ޓްރާންސްފަރއަށް ވެގެންދާނެއެވެ.

ރިއާލް މެޑްރިޑްގެ ތާރީޚުގައި އެންމެ އަގުބޮޑު 10 ޓްރާންސްފަރ  

  • 1. ޖޫޑް ބެލިންގހަމް: 127 މިލިއަން ޔޫރޯ

  • 2. އީޑަން ހަޒާޑް: 120.8 މިލިއަން ޔޫރޯ

  • 3. ގަރެތު ބޭލް: 101 މިލިއަން ޔޫރޯ

  • 4. ކްރިސްޓިއާނޯ ރޮނާލްޑޯ: 94 މިލިއަން ޔޫރޯ

  • 5. އައުރެލިއަން ޗުއަމެނީ: 80 މިލިއަން ޔޫރޯ

  • 6. ޒައިނުއްދީން ޒިދާން: 77.5 މިލިއަން ޔޫރޯ

  • 7. ހާމޭސް ރޮޑްރިގޭޒް: 75 މިލިއަން ޔޫރޯ

  • 8. ރިކާޑޯ ކަކާ: 67 މިލިއަން ޔޫރޯ

  • 9. ލޫކާ ޔޮވިޗް: 63 މިލިއަން ޔޫރޯ

  • 10. ދީން ހައިސަން: 62.5 މިލިއަން ޔޫރޯ

ހިއްސާ ކުރައްވާ!