އިޚުލާސް ސޫރަތުގެ 2 ވަނަ އާޔަތުގެ މާނަ ކޮށްދެއްވުމުގައި ތަފްސީރު އިލްމުވެރިންވެސް ހައިރާންވެ ވަޑައިގަންނަވައެވެ. ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ٱلصَّمَدُ މި ލަފްޒު އެންމެ ތަފްސީލުކޮށް މާނަކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ދެ ޢިލްމު ވެރިންނަކީ، ޤުރުޠުބީއާއި ޠަބަރީ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާގައި ދިވެހި ބަހުން އެ ލަފްޒުގެ މާނަށް ގެނަސްދީފައި ވަނީ މިގޮތަށެވެ.
ٱللَّهُ ٱلصَّمَدُ ٢
اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (112:2)ٱلصَّمَدُ އަކީ:
"އެއީ ދާއިމީ އަދި، ބޭނުންޖެހޭ ވަގުތުތަކުގައި އެންމެން އެ ފަރާތަކަށް އެނބުރޭ އެންމެ މަތިވެރި ފަރާތެވެ. އެ ފަރާތަށް އެއްވެސް ފަރާތެއްގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ހިނދު، އެހެން ހުރިހާ އެއްޗެއް އެ ފަރާތަށް ބޭނުންވެއެވެ. އެ ފަރާތަށް ކެއުމެއް ނުވެއެވެ. ބުއިމެއް ނުވެއެވެ. އެފަރާތަށް އެއްވެސް ހުސްކަމެއް ނުވެއެވެ. އެ ފަރާތަކީ ނުފޫޒެއް ނުފޯރުވޭނެ ފަރާތެކެވެ. އަދި ހުރިހާ މަޚްލޫޤުންގެ މައްޗަށް ވެރިވެވޮޑިގެންވާ އެންމެ މަތިވެރި ވެރިފަރާތެވެ."
އެހެންވެ ﷲ ވަޙީކުރައްވަނީ:
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍۢ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ ٣٨
އަދި ކިއެއްތަ! (އެ قرآن) އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! (10:38)





