"ކިންގް އޮފް ދަ ނޯތް" އާންޑީ ބަރްންހަމް ވެރިކަމާ ދިމާލަށް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މަޤާމުން އިސްތިއުފާ ދެއްވުމާ އެކު، ލޭބަރ ޕާޓީގެ އުސޫލުތަކުގެ ދަށުން ލީޑަރު ކަމަށް ކުރިމަތިލުމަށް 80 މެމްބަރުންގެ ތާއީދު ބޭނުންވާއިރު، މެންޗެސްޓާގެ މޭޔަރު އެންޑީ ބަރްންހަމްއަށް އޮތް ތާއީދުގެ ސަބަބުން އެހެން އެއްވެސް މީހަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ. ކުރިން ވާދަކުރާނެ ކަމަށް ބެލެވުނު ވެސް ސްޓްރީޓިން ފަދަ ފަރާތްތަކުން ވެސް މިހާރު ވަނީ ބަރްންހަމްއަށް ފުރިހަމަ ތާއީދު އިއުލާންކުރައްވާފައެވެ. ބަރްންހަމް މިހާރު މަސައްކަތްކުރައްވަނީ ކެބިނެޓްގައި މިހާރު ތިބި ގާބިލް ފަރާތްތައް ހިމަނައިގެން އާ ސަރުކާރެއް އެކުލަވާލުމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރު ނުހިންގޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑީނޮކް ވިދާޅުވީ ގައުމު "ހިންގަމުން ނުދާ" ކަމަށާއި، ސްޓާމާ އުޅުއްވަނީ ވަދާއީ ދަތުރެއްގައި ކަމަށެވެ. އަދި ރިފޯމް ޕާޓީގެ ނައިޖަލް ފަރާޖް ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވާފައެވެ.

ބަރްންހަމްއަކީ ސްޓާމާއަށް ވުރެ ރައްޔިތުންނާ ގުޅުން ރަނގަޅު ލީޑަރެއް ކަމަށް ބުނެވުނު ނަމަވެސް، އޭނާގެ ކުރިމަތީގައި އޮތީ ބޮޑު އިމްތިހާނެކެވެ. ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ނުވެ ވެރިކަމަށް ވަޑައިގަންނަވާއިރު، ބްރެކްސިޓްގެ ސަބަބުން ބައިބައިވެފައިވާ އިނގިރޭސި މުޖުތަމައު އެއްބައިވަންތަކޮށް، ލޭބަރ ޕާޓީގެ ގެއްލެމުންދާ މަގުބޫލުކަން އަލުން ހޯދޭނެތޯ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

ހިއްސާ ކުރައްވާ!