މިއަދު ވަކި ކުރެއްވި ބޭފުޅުންނާއި އައްޔަން ކުރެއްވި ބޭފުޅުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް ގެނެސް، ބައެއް ބޭފުޅުން ވަކިކޮށް އަދި އައު ބޭފުޅުންތަކެއް މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި މި ބަދަލުތައް ތިރީގައި މިވަނީއެވެ.

ވަކިކުރެއްވި ބޭފުޅުން:

  • އާމިނަތު ރައިޝަމް: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަނީ ވަކިކުރައްވާފައެވެ.

  • ޢާއިޝަތު ޢަލީ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަނީ ވަކިކުރައްވާފައެވެ.

އައްޔަން ކުރެއްވި ބޭފުޅުން:

  • ސަޢާދާ އިބްރާހީމް: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާޕާސަން ކަމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ވަނީ އައްޔަންކުރައްވާފައެވެ.

  • ޒައިނާ ޢަބްދުﷲ: ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް (ބޭންކިންގ ދާއިރާ) ވަނީ އައްޔަންކުރައްވާފައެވެ.

ސަރުކާރުން ގެންނަ މިފަދަ ބަދަލުތަކަކީ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ގެންނަ އިދާރީ ބަދަލުތަކެއް ކަމަށް ޕީސީބީން މައުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!