މި ބޭފުޅުންނަކީ މިހާރު ސަފީރުން

ދިވެހިރާއްޖެއިން ސްޓޭޓް އޮފް ގަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ އާ ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ވަނީ އަރުވާފައެވެ.

  • ގަތަރަށް ކަނޑައެޅުއްވި ސަފީރު: އާދަމް ޝަރީފު ޢުމަރު (ރ. ފައިނު، ޗަމަން).

  • ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު: ޠާރިޤް އިބްރާހީމް (ގ. ނޫމަރާހިޔާ).

މި ދެ ބޭފުޅުންނަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ވަޒީރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އާދަމް ޝަރީފު ވަނީ ލޯކަލް ގަވަރމަންޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ޠާރިޤް އިބްރާހީމް ހުންނެވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަޤާމުގައެވެ.

މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ އިތުރުން، އެ ބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަފާދެއްވާފައެވެ.

ހިއްސާ ކުރައްވާ!