ސަރުކާރުގެ ޓެކްސީ ޚިދުމަތަށް ބޮޑު ތަރުހީބެއް

މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފެށި "މާލެ ޓެކްސީލައިން" ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން މި ހާމަކުރި ތަފާސްހިސާބުތަކުން އެނގިއްޖެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، ޖޫން 12 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް، އެމްޓީސީސީގެ ބެލުމުގެ ދަށުން ހިންގާ މި ޚިދުމަތުން 6،912 ދަތުރު ވަނީ ކޮށްފައެވެ.

ތިމާވެއްޓާ ރަހްމަތްތެރި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދެމުން އަންނަ މި ޚިދުމަތަކީ، މާލޭގެ ހަނި މަގުތަކަށާއި ދަތުރުފަތުރުގެ ބޭނުންތަކަށް ޚާއްސަކޮށްގެން ފެށި މަޝްރޫއެކެވެ.

މި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު އެޕްލިކޭޝަން ބޭނުންކުރަމުންދާއިރު، ހޮޓްލައިން މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޚިދުމަތް ހޯދަމުންނެވެ. މި ޚިދުމަތް މިހާރު މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ ފުޅާކޮށްފައެވެ.

ހިއްސާ ކުރައްވާ!