މިސްރާއި ކޭޕް ވާޑް މެޗަށްފަހު، ފީފާގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލާ ޕެޓިޝަނެއް!

ވޯލްޑް ކަޕް މުބާރާތުގެ ތެރޭގައި ރެފްރީން ނިންމަމުންދާ ނިންމުންތަކުގައި ކޮރަޕްޝަނާއި ވަކި ފަރާތަކަށް ބުރަވުން އެކުލެވޭ ކަމަށް ބުނެ، ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ހަރަކާތް ފެށިގެންައީ ގަދަ 16 ގެ ބުރުގައި ކޭޕް ވާޑް އަދި މިސްރު އަތުން މޮޅުވެގެން އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުތަކުގައި ރެފްރީން ބޭއިންސާފުން ނިންމި ނިންމުންތަކާ މެދު ގިނަ އަދަދެއްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ. ޕެޓިޝަންގައި ސޮއިކުރަމުންދާ ފަރާތްތަކުން ދަނީ ރެފްރީންގެ ނިންމުންތައް ރަސްމީކޮށް ތަހުގީގުކުރުމަށް ގޮވާލަމުންނެވެ.

މިސްރު-އާޖެންޓީނާ މެޗަށްފަހު ސަޕޯޓަރުންގެ ބޮޑު ނުރުހުމެއް

ޕެޓިޝަން ތައްޔާރުކުރި ފަރާތްތަކުން ފީފާގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި، މެޗުތައް ބެލެހެއްޓުމުގައާއި ހުރިހާ ގައުމުތަކަކަށް ހަމަހަމަ އުސޫލުތަކެއް ގެންގުޅުމުގައި ފީފާއިން ވަނީ އެއް މިންގަނޑެއް ހިފަހައްޓަން ނުކުޅެދިފައެވެ. ނަމަވެސް، މި މެޗުތައް ބެލެހެއްޓި ރެފްރީންނާ ދެކޮޅަށް އެއްވެސް ކަހަލަ އަދަބެއް ދިނުމަށް ނުވަތަ ރަސްމީކޮށް މައްސަލައެއް އުޅޭކަމަށް ފީފާއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ފުޓްބޯޅައިގެ ނިޒާމުގެ ތެރޭގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ސަޕޯޓަރުން ދަނީ ޑިމާންޑް ކުރަމުންނެވެ. އެހެންނަމަވެސް ފީފާއިން އަބަދުވެސް ބުނަމުންދަނީ ރެފްރީންގެ ނިންމުންތައް ބަލައި މޮނިޓާ ކުރާނެ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!