އީރާނުން ޓްރަމްޕް ނައްތާލަން އުޅޭ ކަމަށް ޔަހުދީ ރެޖީމުން ބުނާއިރު އީރާނުން ބުނަނީ އެކަމަކީ ޔަހޫދީ ރެޖީމުން ރާވައިގެން ނިންމާފައި އީރާނުގެ ބޮލުގައި އަޅުވަން އުޅޭ ކަމެއް ކަމަށެވެ. އިޒްރޭލުން މީގެ ކުރިން ވަނީ އީރާންގެ އަސްކަރީ ލީޑަރު އާސިމް މުނީރު އަވަހާރަކޮށްލަން އުޅެފައެވެ. އެ މައުލުމާތު ލިބިގެން ޕާކިސްތާނުން ވަނީ އެފަދަ ކަމެއް ކޮށްފިނަމަ ޔަހޫދީ ރެޖީން ދެމިއޮންނާނެ ކަން ހަނދާން ނައްތާލަން ޖެހޭނ ކަމަށް ބުނެ އިންޒާރު ދިނުމުން އެކަން ހުއްޓާލީއެވެ. އީރާންގެ މަޝްވަރާ ޓީމު ވެސް އަވަހާރަ ކޮށްލަން ޔަހޫދީން އުޅުނެވެ.
އައްބާސް އަރާގްޗީ ވިދާޅުވީ މިފަދަ ފިނޑި އަމަލުތަކަކީ ޔަހުދީ ރެޖީމުން ނިޒާމީ ސިފައެއްގައި ކުރާ ކަންކަން ކަމަށެވެ. އަދި މިއީ އީރާނުން ކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
ނަމަވެސް ޔަހޫދީން ތްރަމްޕް ބިރު ގަންނަވާލުމުން ޓްރަމްޕް ހިތަށް މިހާރު ވަނީ ބިރުވެރިކަން ވަދެފައެވެ. އިޒްރޭލަށް ސަޕޯޓު ކުރާ "ނިއު ޔޯކް ޕޯސްޓް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާ އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭނާ ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފައި ކަމަށެވެ.
"އަހަރެން މިހުރީ އެމީހުންގެ (އީރާނުގެ) 'ހިޓް ލިސްޓް' ގެ އެންމެ ކުރީގައި. އެކަމާ މެދު އަހަރެން ބުނެފައިވާނީ، އަހަރެންނަށް ކަމެއް ވެއްޖެނަމަ، އެމީހުން ދުވަހަކު ވެސް ނުދެކޭ ފަދަ ވަރުގަދަ ހަމަލާތަކެއް ދޭށޭ. އެމީހުންގެ މައްޗަށް ބޮމުގެ ހަމަލާތައް އޮއްސާލާށޭ،" ޓްރަމްޕް ވިދާޅުވިއެވެ.
"ވޯލް ސްޓްރީޓް ޖާނަލް" އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން، ޓްރަމްޕްގެ ކިބައިން ބަދަލުހިފުމަށް އީރާނުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ވާހަކަ ފަތުރަނީ ނަތަްނޔާހޫއާއި ޔަހޫދީންނެވެ.
މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން ބުނެފައިވަނީ، ޓްރަމްޕް ދެއްވި ބަޔާނަށް އިޝާރާތްކުރުމަށެވެ. ވޮޝިންގްޓަނުގައި ހުންނަ އިސްރޭލު އެމްބަސީން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައެވެ.
އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ތެރޭގައި އީރާނު މީހުން ވަނީ "ޓްރަމްޕް މަރާލާނަން" ގޮވާފައެވެ. އީރާނުގެ ލީޑަރުންނާއި ސަިއންޓިސްޓުން ޝަހީދުކޮށްފައިވާ ފަރާތެއްގެ ލޭ ހުއްދަ ވާނެ ކަމަށް ބުނެ އީރާނު މީހުން މުޒާހަރާ ކުރެއެވެ.




