އެމެރިކާގެ ވިހަ ހަތިޔާރުން އަސަރުކުރި މުވައްޒަފުންނަށް ބަދަލު ދޭން ފަށައިފި

’ހަވާނާ ސިންޑްރޯމް’ގެ ނަމުން މަޝްހޫރުވެފައިވާ، ސަބަބު ނޭނގޭ ސިއްހީ މައްސަލައިގެ ސަބަބުން އަސަރުކޮށްފައިވާ އެމެރިކާގެ މުވައްޒަފުންނަށް އެމެރިކާ ސަރުކާރުން ފުރަތަމަ ފަހަރަށް ބަދަލު ދޭން ފަށައިފިއެވެ.ޕެންޓަގަންއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރު ފާސްކުރި 'ހަވާނާ އެކްޓް’ގެ ދަށުން، މި ބަލީގެ ޝިކާރައަކަށްވި މީހުންނަށް މިހާތަނަށް ގާތްގަނޑަކަށް 3 މިލިއަން ޑޮލަރުގެ ބަދަލު ދީފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފެންނަން ނެތް ނުރައްކާތަކުން މުވައްޒަފުން ސަލާމަތްކުރުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި މި ބަލި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާ ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.

’ހަވާނާ ސިންޑްރޯމް' އަކީ ކޮބާ؟

މި ބައްޔަށް މި ނަން ދެވިފައިވަނީ 2016 ވަނަ އަހަރު ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުންގެ ކިބައިން ފުރަތަމަ ފަހަރަށް މި އަލާމާތްތައް ފެނުމުންނެވެ. ބަލި ޖެހުނު މީހުން ކިޔައިދިން ގޮތުގައި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ބޯއެނބުރުން، ހޮޑުލެވުން، އަޑު އިވުމުގެ މައްސަލަތައް، ހަނދާން ބަލިވުން، އަދި ކަންކަމަށް ސަމާލުކަން ދިނުމުގައި ދަތިތައް ކުރިމަތިވުން ހިމެނެއެވެ. މިހާތަނަށް ޗައިނާ، ރަޝިއާ، އޮސްޓްރޭލިއާ، އަދި އެމެރިކާގެ އަމިއްލަ ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ.

އެމެރިކާއަކީ ގޮތް ނޭނގޭ ކެމިކަލް ހަތިޔާރު އެކި ތަންތަނުގައި ބޭނުން ކޮށް އުޅޭ ގައުމެކެވެ. މިފަދަ ކެމިކަލް އެއްގެ ސަބަބުން ކިއުބާގައި ތިބި އެމެރިކާ ގެ އެމްބަސީގެ މުވައްޒަފުންނަށް ގޮތް ނޭނގޭ ބައްޔެއް ޖެހުނީ އެވެ. ހަވާނާ ސިންޑްރޯމަކީ އެ ނަފްސާނީ ބައްޔެވެ.

ސަބަބުތަކާ މެދު އުފެދިފައިވާ ސުވާލުތައް

އެތައް އަހަރެއް ވަންދެން މިކަމާ ބެހޭގޮތުން ތަހުގީގުތައް ކުރި ނަމަވެސް، މި ބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބު ހޯދިފައެއް ނުވެއެވެ. ތުންތުން މަތިން އަންނަ ވާހަކަތަކުގައި ބުނެފައިވަނީ މިއީ އެމެރިކާއިން 'މައިކްރޯވޭވް' ނުވަތަ އިލެކްޓްރޯނިކް ހަތިޔާރެއް ބޭނުންކޮށްގެން ދޭ ހަމަލާއެއް ކަމަށެވެ. ނަމަވެސް، އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ކައުންސިލުން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ބޭރުގެ ޤައުމެއްގެ އަތެއް މިކަމުގައި ވާކަމަށް ބެލުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

2024 ވަނަ އަހަރު ބައެއް ނޫސްތަކުން މިކަން ރަޝިއާގެ އިންޓެލިޖެންސް ޔުނިޓަކާ ގުޅުވައިގެން ރިޕޯޓެއް ނެރުނެވެ. ނަމަވެސް މ ިއީ އެމެރިކަގެ ކަމެއް ކަމަށް މި ހާތަނަށް ލިބިފައިވާ ހެކިތަކުން އެނގެއެވެ.

ހިއްސާ ކުރައްވާ!