ގޯލްކީޕަރު 'ވޮޒީނިއާ' ގެ ނަމުން މުރަކައަށް ނަންދީފި

ވާލްޑް ކަޕްގައި ކޭޕް ވާޑް ޤައުމީ ޓީމަށް ކުޅެދިން މޮޅު ކުޅުމުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ގޯލްކީޕަރު ވޮޒީނިއާއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން، އަލަށް ހޯދި ކަނޑުގެ މުރަކައިގެ ދިރުމަކަށް އޭނާގެ ނަމުން ނަންދީފިއެވެ.

  • މި ކަނޑުގެ މުރަކައަށް ދީފައިވާ ސައިންޓިފިކް ނަމަކީ Aldisa vozinha އެވެ. މިއީ ކެރީބިއަން ކަނޑުން ފެނުނު ކުޑަ، ރަތް ކުލައިގެ މުރަކައެކެވެ.

  • މި ދިރުން ހޯދި ސްޕެއިންގެ ބަޔޮލޮޖިސްޓް، ހެސޫސް އޮރްޓެއާ އަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރާ މީހެކެވެ. އޭނާ ބުނި ގޮތުގައި، ވާލްޑް ކަޕްގައި ސްޕެއިން އާ ދެކޮޅަށް ވޮޒީނިއާ ދެއްކި މޮޅު ކުޅުމުގެ ހަނދާނުގައި އަދި އެ މުރަކައިގެ ކުލަ ރަތްކަމުން، އެ ނަން ދޭން ނިންމީއެވެ.

  • ވޯލްޑް ކަޕްގެ މެޗުތަކަށްފަހު ވޮޒީނިއާގެ މަޤްބޫލުކަން އިންތިހާއަށް އިތުރުވެ، އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50,000 އިން 17.4 މިލިއަނަށް އެއްރޭ ތެރޭގައި ވަނީ އަރާފައެވެ.

  • އޭނާގެ އަސްލު ނަމަކީ Josimar José Évora Dias އެވެ. ނަމަވެސް ޖާޒީގައި "Vozinha" ބޭނުންކުރަނީ އޭނާގެ މަރުވެފައިވާ މާމައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުންނެވެ.

  • ސައިންސްވެރިޔާ އޮރްޓެއާ މީގެ ކުރިންވެސް ވަނީ މަޝްހޫރު ކީޕަރު ކޭލޯ ނަވާސްގެ ނަމުންވެސް ދިރުމަކަށް ނަންދީފައެވެ.

ހިއްސާ ކުރައްވާ!