އާޓިފިޝަލް އިންޓެލިޖެންސް އޭއައި ގެ އިންގިލާބާއެކު، ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ދަނީ އިންޑިއާގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ބިލިއަނުން ޑޮލަރު އިންވެސްޓްކުރަމުންނެވެ. ގޫގުލް، މައިކްރޯސޮފްޓް، އަދި އެމެޒޯން ފަދަ ކުންފުނިތަކުގެ އަމާޒަކީ އިންޑިއާގެ އޮޕަރޭޝަނަލް ޑޭޓާ ސެންޓަރުގެ ގާބިލުކަން 2030 އާ ހަމައަށްދާއިރު 6.5 ގިގާވޮޓްއަށް މަތިކުރުމެވެ.
މި އިންވެސްޓްމަންޓްތައް އެންމެ ބޮޑަށް ފެންނަނީ މުމްބާއީ، ޗެންނާއީ އަދި ވިސާކަޕަޓްނަމް ފަދަ އައްސޭރިފަށުގެ ސިޓީތަކުންނެވެ. ރިލަޔަންސް އިން 17 ބިލިއަން ޑޮލަރުގެ 1.5-ގިގަވަޓް އޭއައި ސެންޓަރެއް ބިނާކުރާއިރު، އަދާނީ ގްރޫޕުން 2035 ގެ ނިޔަލަށް 100 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ދަނީ ރާވަމުންނެވެ. އިންޑިއާ ސަރުކާރުންވެސް ދަނީ 2047 އާ ހަމައަށް ގްރީން އިންފްރާސްޓްރަކްޗާއަށް ޓެކްސް އިނާޔަތްތައް ދެމުންނެވެ.
ނަމަވެސް، މި ހަލުވި ކުރިއެރުމާއެކު ތިމާވެށީގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މި ސެންޓަރުތައް ފިނިކުރުމަށް އިންތިހާއަށް ގިނަ އަދަދަކަށް ފެނާއި ކަރަންޓު ބޭނުންވުމުގެ ސަބަބުން، ދަނޑުވެރިކަމަށް ބޭނުންކުރާ ބިމާއި ފެނުގެ ވަސީލަތްތައް މަދުވަމުންދާތީ ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. އެމެރިކާާއި ޗައިނާއާ ވާދަކޮށް، އިންޑިއާއިން އޭއައިގެ ސުޕަޕަވަރަކަށް ވުމަށް ކުރާ މި ދަތުރަކީ ގުދުރަތީ ވަސީލަތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.





