އަރަބިން ޓްރަމްޕަށް ޖިޒިޔަ ދައްކަން މަޖުބޫރު ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގަލްފުގެ ގައުމުތަކަށް އަމުރު ކުރެއްވީ، އީރާނުގެ ނުރައްކާތަކުން ހިމާޔަތް ބޭނުން ނަމަ އެމެރިކާއަށް ފައިސާ ދިނުމަށެވެ. އަދި މި ފައިސާއަކީ އަރަބިންގެ ތެޔޮ އުފުލާ ބޯޓުތަކަށް ހިމާޔަތް ދިނުމަށް ބޭނުން ކުރަނެ ފައިސާ ކަމަށްވެސް ބުންޏެވެ.

އެ ފައިސާ ދައްކާނީ ގައުމުތަކުން ތޯ ނޫނީ ކުންފުނިތަކުން ތޯ ޓްރަމްޕާ ސުވާލުކުރުމުން، އޭނާ ވަނީ އެއީ ގަލްފްގެ އަރަބި ޝޭޚުން ދައްކަން ޖެހޭ ޖިޒިޔައެއް ކަމަށް ވިދާޅުވެފައެވެ. "މިސާލަކަށް، ސައުދީ އަރަބިއާ.. ޔުނައިޓެޑް އަރަބި އެމިރޭޓްސް.. ގަތަރު.. ބަހުރައިން އަދި ކުވެއިތު،ގެ ސަރުކާރުތައް" ޓްރަމްޕް ބުންޏެވެ.

"އެމެރިކާއިން މި މުއްސަނދި ގައުމުތަކަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަމުން މިދަނީ. އެހެންކަމުން، އެމެރިކާ ހިމާޔަތްކޮށްދޭ ގައުމުތަކުން މި ހިމާޔަތުގެ ބަދަލު އަޅުގަނޑުމެން ހޯދާނަން. މި ފަސް ގައުމަށް ބަލާލައްވާ. މިއީ ދުނިޔޭގެ ވަރަށް މުއްސަނދި ސަރަހައްދެއް." ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި އަސްކަރީ އަދި ސްޓްރެޓެޖިކް ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ދަތުރުކުރާ މި މުހިންމު ކަނޑުގެ މަގު "ބެލެހެއްޓުމުގެ ބަދަލުގައި އެމެރިކާއަށް އެކަމަށްވެސް ފައިސާ ލިބެން ޖެހޭނެ" ކަމަށެވެ.

އެމެރިކާއިން "އަރަބިން ހިމާޔަތް ކޮށްދިނުމަށް އަގު ނަގާނެ" ކަމަށް ވިދާޅުވިޔަސް، ފައިސާ ދައްކާނެ ވަކި އުސޫލެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، މި ފަސް ގައުމުގެ ނަން ފާހަގަކުރައްވައި އެ ދޮރު ވަނީ ހުޅުވާލައްވާފައެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެމެރިކާގެ ބަޖެޓްގެ ޑެފެސިޓް ފިލުވުމަށް މި ގައުމުތަކުން ފައިސާ ޖޭން ޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް މަޖުބޫރު ކުރައްވާފައެވެ.

 "އަޅުގަނޑުމެން ކަނޑުއޮޅި ކޮންޓްރޯލް ކުރާނަން، އެ ކަނޑުއޮޅި ބަލަހައްޓާނީ ވެސް އަޅުގަނޑުމެން. އަޅުގަނޑުމެން ވާނީ ކަނޑުއޮޅި ހިމާޔަތްކުރާ ފަރާތަކަށް. ބައެއް ފަހަރު އަޅުގަނޑުމެންނަށް ކިޔާފާނެ ކަނޑުއޮޅީގެ ހިމާޔަތްކުރާ މަލާއިކަތުން ކަމަށް ވެސް. އެކަމުގެ ބަދަލު އަޅުގަނޑުމެންނަށް ލިބެންޖެހޭނެ." ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

އަރަބިން އެމީހުންގެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހަދައި އަމިއްލައަށް އަސްކަރީ ތަރައްގީއަށް މަސައްކަތް ނުކޮށް ތިބުމުން މިއަދު އެމެރިކާއަށް މި ވަނީ ޖިޒިޔަ ދައްކަން ޖެހިފައެވެ. އެއާ ޚިލާފަށް 40 އަށް ވުރެން ގިނަ ދުވަހު ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އިރާނުން ދަނ އަމިއްލަ އަސްކަރީ ސިނާއަތު ވަރުގަދަކޮށް، އިއްޒަތުއްނަފްސާއެކު އަމއިްލަ ސިޔާދަތު ދިފާއު ކޮށް ގައުމަށްޓަކައި ގުރުބާން ވަމުންނެވެ.

ހިއްސާ ކުރައްވާ!