ކުވެއިތުން އެމެރިކާ ސިފައިން ފައްސާލުމުގައި އީރާން ކާމިޔާބު ވެއްޖެ

އީރާނުން ކުވައިތަށް އަމާޒުކޮށް ދެމުންދާ މިސައިލް އަދި ޑްރޯން ސިލްސިލާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި އެމެރިކާގެ އަސްކަރީ ބާރުތައް ގާއިމުވެ ތިބޭ މިންވަރު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ޕެންޓަގަންއިން ފަށައިފިއެވެ.

ވޯލްސްޓްރީޓް ޖާނަލް ގައި ރިޕޯޓްކޮށްފައިވާ ގޮތުން، މިއީ އީރާނުގެ ހަމަލަތައް އިތުރުވެ، އެމެރިކާގެ ސިފައިން ކުވެއިތުގައި ތިބުމާ މެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅެކެވެ.

އީރާނުން ކުވައިތުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި، ފެން ޕްލާންޓްތަކާއި، ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން ކުވައިތުގެ ދިފާއީ ބިނާވަނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރެއިން މާރިޗު މަހު ދިން ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ 6 މީހަކު މަރުވެފައިވާއިރު، މިއީ އެ ހަނގުރާމައިގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

އެމެރިކާގެ ކުރީގެ ސަފީރު ޑަގްލަސް ސިލީމަން ވިދާޅުވީ، ކުވައިތުގެ ރައްޔިތުންނަށް އެމެރިކާގެ ސިފައިން ތިބުމަކީ އުފުލަން ޖެހިފައިވާ "ބުރައެއް" ކަމަށް ގަބޫލުކުރެވެއެވެ. ހަމައެފަދައިން ކުވެއިތުގެ ދިފާއީ ރައްކާތެރިކަމަކީވެސް މުހިންމު ކަމެކެވެ.

އެމެރިކާ-ކުވައިތު ގުޅުމަށް އަންނަ ބަދަލުތައް

މި ހަނގުރާމައިގެ ސަބަބުން ކުވައިތުން މިހާރު ދަނީ އެ ގައުމުގެ ދިފާއީ ބައިވެރިން ސިންދަފާތު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން، އެ ގައުމުން ވަނީ ދާދި ފަހުން ޕާކިސްތާނާއެކު އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެހެންނަމަވެސް، އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވުން މުޅިން ހުއްޓާލުމުގެ ވިސްނުމެއް ކުވައިތުން ނުގެންގުޅެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި، ކުވައިތަކީ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރާ މުހިންމު ބައިވެރިއެކެވެ.

ޕެންޓަގަންގެ އާ ވިސްނުން

އީރާނުގެ ކާމިޔާބު ހަމަލާތަކާ ގުޅިގެން ޕެންޓަގަންއިން ގަބޫލުކުރަނީ ކުވައިތުގައި ގިނަ އަދަދެއްގެ ސިފައިން ދާއިމީކޮށް ގާއިމުވެ ތިބުމަކީ އެމެމެރިކާއަށާއި ކުވެއިތަށް އޮތް ގެއްލުމެއް ކަމަށެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާ ސިފައިން ކުވެއިތުން ބޭލުން ނުވަތަ އަދަދު މަދުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކުވައިތު ޔުނިވަރސިޓީގެ ޕްރޮފެސަރ ބަދުރު އައްސައިފް ވިދާޅުވީ، ކުވައިތު މިވަގުތު އޮތީ އަނދަވޅެއްގެ ކަމަށެވެ. އެމެރިކާގެ ސިފައިން ތިބި ނަމަވެސް އަދި ނެތް ނަމަވެސް އީރާނުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ދެމިއޮތުމަކީ އެ ގައުމަށް ވުޖޫދުގައި އޮތުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ މޮޔަ ނިންމުންތަކާ ގުޅިގެން، ކުވައިތު ފަދަ ގަލްފުގެ ގައުމުތަކަށް އެމެރިކާއާ ހެދި ކުރިމަތިވެފައިވާ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. ކުވައިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، އީރާނުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް މުޅިން ނެތި ދިއުމަށެވެ.

ހިއްސާ ކުރައްވާ!