އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އީރާނަށް ހަމަލަ ދޭން އުޅޭކަމަށް ބުނެފައި އަނެއްކާ ފަހުން ހަމަލަ ނުދޭނެ ކަމަށް ބުނެ ދައްކާ މޮޔަ ވާހަކަތަކަކީ އޭނާ ކުޅޭ ސިޔާސީ ޑްރާމާއެއް ކަމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ބާގިރް ގާލިބާފް ސިފަ ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވީ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އަދި އީރާނު އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ.
ޓްރަމްޕް ދަނީ އީރނާ އޮމާނާ ދެމެދު ކުރިއަށްދާ މަޝްވަޜާތަކުގެ ޚަބަރު އަމިއްލައަށް ފަތުރައި އެކަމަށްވެސް ކްރެޑިޓް ނަގަމުންނެވެ.
އެކަމާ ގުޅިގެން އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އެމެރިކާއާ އީރާނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.އަދި އީރާނުން ބުނެފައި ވަނީ އެމެރިކާގެ އިންޒާރަށް އީރާނު ގުޑުވައި ނުލެވޭނެ ކަމަށެވެ.





