މުސްލިމަކު ވެރިކަމަށް އަތުވެދާނެ ކަމަށް ބުނެ އެމެރިކާގެ ނައިބު ރައީސް މީހުން ބިރުގަންނަވައިފި

އެމެރިކާގެ މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް ޕްރައިމަރީ އިންތިޚާބު ޢަބްދުއްރަޙްމާން އަލްސައްޔިދު ކާމިޔާބު ކުރެއްވުމުން އެމެރިކާގެ ސިޔާސީ ފަންތީގައި ޔަހޫދީ ޒަޔަނިސްޓުންނަށް ގުލާނު ކޮށްދޭ މީހުންގެ މެދުގައި ބިރު ވެރިކަމެއް އުފެދިއްޖެއެވެ. އަބްދުލްގެ ކާމިޔާބީއާ ދެކޮޅަށް ޓްރަމްޕް އަދި އޭނާގެ ނާއިބް ރައީސް ވެސް ވަނީ އިސްލާމޯފޯބިއާގެ ވާހަކަތަކެއް ދައްކާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްލާމޯފޯބިކް ހަމަލާތަކަށްފަހު، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވެސް ވަނީ އަބްދުލް ކުރިމަގުގައި އެމެރިކާގެ ވެރިކަމަށް ވަޑައިގެންފާނެ ކަމަށް ބުނެ މީހުން ބިރު ގަންނަވާފައެވެ. މީހުން ބިރު ގެންނެވުމަށް ވާހަކަ ދައްކަމުން މި މީހުން ބުނަނީ އަބްދުލްއަކީ ޒަޔަނިސްޓުންނާ ގަޔާ ނުވާ އަދި ޖެނޮސައިޑް ހިންގަން ނުރުހޭ މީހެއް ކަމަށެވެ.

ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވެންސް ވިދާޅުވީ، މުސްތަގުބަލުގައި ޢަބްދުއްރަޙްމާން އަލްސައްޔިދު ވެރިކަމަށް އަތުވެދާނެ ކަމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ އެމެރިކާއިން ޖެނޮސައިޑަށް ވާގިވެރިވެ ކުރަމުންދާ މަސައްކަތްތައް ނެތިގެން ގޮސްދާނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާއާއި ސިޔާސީ މައިދާނުގައި ވެންސްގެ ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެކި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނައިބު ރައީސްގެ މި ވާހަކަތަކަކީ އިސްލާމޮފޯބިއާ އަށް ހިތްވަރު ދިނުމެކެވެ. އަދި އިންޑިއާގެ ހައިދަރުއާބާދު މީހަކާ އިނދެގެން އުޅޭ މީހެއްގެ ނަސްލީ ތަފާތުކުރުން ގެންގުޅޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!