އެމެރިކާގައި އުފަންވުމުން ރަށްވެހިކަން ލިބޭ އުސޫލާ ޚިލާފަށް ޓްރަމްޕް ސަރުކާރުން ފިޔަވަޅު އެޅުމުން އެކަން އެމެރިކާގެ ސުޕްރީމް ކޯޓުން ބާޠިލު ކުރިއެވެ. ނމަވެސް އިއްޔެ އަލުން ޓްރަމްޕް ވަނީ އެމެރިކާގައި އުފަން ވުމުން އެމެރިކާގެ ރަށްވެހިކަން ލިބުމާ ދެކޮޅަށް އަލުން ރިއާސީ ގަރާރެއް ފާސް ކޮށްފައެވެ.
ޓްރަމްޕާއި އޭނާގެ ހުރިހައި އައުލާދުންނަކީ ވެސް އެމެރިކާގައި އެމީހުން އުފަން ވުމުގެ ސަބަބުން ރަށްވެހިކަން ލިބިފައިވާ މީހުންނެވެ.
ޓްރަމްޕްގެ ކާފައަކީ ޖަރުމަންވިލާތުން އެމެރކާއަށް އެތެރެވި މީހެކެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މިފަދަ ސަކަރާތެއް ޖެއްސެވެ. އެކަންވެސް ވަނީ ކާމިޔާބު ނުވެފައެވެ.
އެމެރިކާގައި އުފަންވުމުގެ ސަބަބުން 2025 ވަނަ އަހަރު ގާތްގަނޑަކަށް 3.6 މިލިއަން ކުދިންނަށް ރަށްވެހިކަން ދޭން ޖެހިފައި ވެއެވެ.






