us
us

އެމެރިކާ ރައީސާއި ދިފާއީ ވަޒީރުގެ ޒުވާބު!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިފެންސް ސެކެޓްރީ ޕީޓް ހެގްސެތާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމަށާއި ދެ ބޭފުޅުން ޒުވާބެއް ކުރިއަށް ގެންދިޔަ ކަމަށް ވޮޝިންޓަން ޕޯސްޓް ނޫހުން ރިޕޯޓްކޮށްފިއެވެ. ނަމަވެސް ވައިޓްހައުސް އިން ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ބުނެފައެވެ.

ވޮޝިންޓަން ޕޯސްޓުން އަސްކަރީ މުހިންމު މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ބަޑި ގުދަނުން ހަތިޔާރާއި ވަޒަން ހުސް ވުމުގެ ސަބަބުން އަސްކަރީ އޮޕަރޭޝަންތަކަށް ވަނީ ހުރަސްއެޅިފައެވެ. އަދި މިކަމާ ގުޅިގެން ޓްރަމްޕް ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ސީއެންއެން އިން ވެސް މި ކަމާ ގުޅޭ ރިޕޯޓެއް ގެނަސްދީފައި ވެއެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ހަތިޔާރާއި އަސްކަރީ ގާބިލުކަމާ ބެހޭ ގޮތުން ސިއްރު މައުލޫމާތު ހާމަ ކުރާ ފަރާތްތަކަކީ ގައުމަށް ޚިޔާނާތްތެރިވާ ބައެއް ކަަމށް ވިދާޅުވެ އެ މީޑިއާއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ރިޕޯޓާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، މިފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށާއި ރައީސް ޓްރަމްޕް ސެކެޓްރީ ހެގްސެތަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާ!