ފުޓްބޯޅައިގެ ދުނިޔޭގައި އަބަދު ކުރެވޭ އެންމެ ބޮޑު ބަހުސަކީ ތާރީޚުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކާކުތޯ އެވެ. އެކި ޒަމާންތަކުގެ ލެޖެންޑުންގެ ކާމިޔާބީތަކާއި، ހުނަރާއި، އަދި ބޮޑެތި މުބާރާތްތަކުގައި ދައްކާފައިވާ ކުޅުމަށް ބިނާކޮށް ޔޫރަޕްގެ މީޑިއާއިން އިން އެކުލަވާލި ތާރީޚީ ރޭންކިންގގެ އެންމެ މަތީ ފަންތިން ޖާގަ ހޯދީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.
2026 ވަނަ އަހަރާ ހަމައަށް އައިއިރު، ފުޓްބޯޅައިގެ ރަން ދައުރެއް ނިންމާލާފައިވާ މެސީ އެއްވަނަ މަގާމަށް ހޮވާފައިވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި، ރެކޯޑް އަދަދަކަށް އެވޯޑް ހޯދާފައިވުމުގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން އެންމެ މަތީ ފެންވަރުގައި ދެމިހުރުމުގެ ސަބަބުންނެވެ.
މި ލިސްޓުގެ އެންމެ ކުރީގައިވާ 5 ކުޅުންތެރިން:
- ލިއޮނެލް މެސީ (އާޖެންޓީނާ)
- ޕެލޭ (ބްރެޒިލް)
- ޑިއޭގޯ މަރަޑޯނާ (އާޖެންޓީނާ)
- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)
- ޔޯހާން ކްރައިފް (ނެދަލަންޑްސް)
މި ރޭންކިންގގައި ތަފާތު ޒަމާންތަކުގެ ތަރިން ހިމެނިފައިވާއިރު، ޕެލޭގެ ތިން ވޯލްޑް ކަޕްގެ ރެކޯޑާއި، މަރަޑޯނާގެ 1986 ގެ އާދަޔާޚިލާފު ކުޅުމާއި، އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދިގު ކެރިއަރުގައި ދަމަހައްޓާފައިވާ ވާދަވެރިކަން ފާހަގަ ކޮށްފައިވެއެވެ.
ތާރީޚީ ގޮތުން އެކި ޒަމާންތަކުގެ ކުޅުންތެރިން އަޅާކިޔުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މެސީގެ އުފެއްދުންތެރި ކުޅުމާއި، 800 އަށްވުރެ ގިނަ ރަސްމީ ގޯލާއެކު އޭނާ ވެފައިވަނީ ޒަމާނީ ފުޓްބޯޅައިގެ އެންމެ މަތީ މިންގަނޑަޑު ހާސިލުކޮށްފައިވާ ކުޅުންތެރިޔާއަށެވެ.




