އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ދިއްލީއަށް ބޮމުގެ އިންޒާރުތަކެއް

އިންޑިއާ މިނިވަންވަން ދުވަސް މާދަމާ ފާހަގަ ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް ވައިގެ ބަނދަރަށާއި ދިއްލީ ހައިކޯޓަށް އީމެއިލް މެދުވެރިކޮށް ބޮމުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެން ދިއްލީގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފިއެވެ.

އޯގަސްޓް 15 ވަނަ ދުވަހު ބޮން ގޮއްވާލާނެ ކަމަށް އިންޒާރުދީފައިވާ މި މެސެެޖުގައި، އިންދިރާގާނދީ އެއާޕޯޓްގެ ޓަރމިނަލް 3، އަދި ޑިސްޓްރިކްޓް ކޯޓުތައް، އަދި ސަރުކާރުގެ އޮފީސްތައް ހިމެނޭހެން އެހެން މުހިންމު ސަރަޙައްދުތަކެއްގެ ނަންތައް ވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ދިއްލީ މެޓްރޯއަށާއި އަންބާލާއަށްދާ ރޭލުތައް ގޮވާލާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފައެވެ.

މިކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށް ޗެކްކުރުންތައް ފަށާފައި ވެއެވެ. އަދި އަލިފާން ނިއްވާ އުޅަނދުތައް ވަނީ ނެރެފެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ މި އީމެއިލް ތަޙުޤީޤުކޮށް، އޭގެ ޙަޤީޤަތް ބަލަމުންނެވެ.

މިހާތަނަށް ބެލިބެލުމުން، އިންޒާރުދީފައިވާ ސަރަޙައްދުތަކުން އެއްވެސް ޝައްކުކުރެވޭ ފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!