ބައިނަލްއަޤުވާމީ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖާނީ އިންފެންޓީނޯއަށް މަގާމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ބޮޑު ހުރަހަކާ ކުރިމަތިވެއްޖެއެވެ. އެގޮތުން އައިރިޝް، ވެލްޝް އަދި އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންތަކުން ވަނީ އޭނާއަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފައިވާ ކަން ރަސްމީކޮށް ހާމަކޮށްފައެވެ.
އަޔަރުލަންޑް ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާއަށް ފޮނުއްވި ޚާއްޞަ ސިޓީއެއްގައި، މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އިދާރީ ހިންގުމާއި، ހާމަކަން ބޮޑު ގޮތަކަށް ކަންކަން ނު ކުރުމާއި، އަދި މަޝްވަރާ ކުރުމުގެ އުޞޫލުތައް ނެތުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. މި ނިންމުމާއެކު އިންފެންޓީނޯގެ ސިޔާސަތުތަކަށް އޮތް ބައިނަލްއަޤުވާމީ ތާއީދު އިތުރަށް ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ޔޫރަޕިއަން ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ އަދި އޭޝިއަން ފުޓުބޯޅަ ކޮންފެޑެއިރޭޝަން ފަދަ ބޮޑެތި ކޮންފެޑެއިރޭޝަންތަކުންވެސް ވަނީ އިންފެންޓީނޯއާ މެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައެވެ.
އަދި އިނގިރޭސިވިލާތުގެ ފުޓުބޯޅަ އިދާރާތަކުންވެސް އޭނާއަށް ފާޑުކިޔައި، ތާއީދު އަނބުރާ ގެންގޮސްފައި ވެއެވެ.






